އިސްރާއީލުގެ ޖަލުގައި ގެންގުޅުނު ފަލަސްޠީނުގެ 200 މީހުން މިނިވަންކޮށްފި!

އިސްރާއީލުގެ ޖަލުގައި ބަންދުކޮށްގެން ގެންގުޅުނު ފަލަސްޠީނުގެ 200 މީހުން މިނިވަންކޮށްފިއެވެ.
މިމަހުގެ 19ގައި ޢަމަލުކުރަންފެށި އެއްބަސްވުމުގެދަށުން މި 200 މީހުން މިނިވަންކޮށްފައި މިވަނީ ހަމާސް ޖަމާޢަތުން ރަހީނުކޮށްފައި ތިބި އިސްރާއީލުގެ 4 ސިފައިން މިނިވަންކުރުމާއި ގުޅިގެންނެވެ.
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމަށް ޢަމަލުކުރަން ފެށި ދުވަހު ވެސް މި އެއްބަސްވުމުގެދަށުން ކުށްވެރިން މިނިވަންކޮށްފައިވެއެވެ. އެދުވަހު ހަމާސްއިން 3 އަސީރުން މިނިވަންކުރުމުން، އިސްރާއީލުން ވަނީ ފަލަސްޠީނުގެ 90 ރައްޔިތުން މިނިވަންކޮށްފައެވެ.
މިއަދު ހަމާސްއިން މިނިވަންކުރި 4 އަންހެން ސިފައިންގެ ބަދަލުގައި، ފަލަސްޠީނުގެ 200 ރައްޔިތުން މިނިވަންކޮށްފައިވާއިރު، އޭގެތެރޭގައި އުމުރު ދުވަހުގެ ޖަލު ޙުކުމް ތަންފީޒު ކުރަމުން ދިޔަ 121 މީހަކާ ދިގު މުއްދަތަށް ޖަލަށްލާފައިވާ 79 މީހުން ހިމެނެއެވެ.
ތިން މަރުޙަލާއަކަށް ބަހާލާފައިވާ މި އެއްބަސްވުމުގައި ވާގޮތުން، ޣައްޒާ ހަނގުރާމާގައި އުތުރު ޣައްޒާއިން ބޭރުކޮށް ދެކުނު ޣައްޒާއަށް ފޮނުވާލި މީހުން، މިއަދު އުތުރު ޣައްޒާއަށް، އެމީހުންގެ ގެދޮރަށްދާން ފުރުސަތު ދޭންޖެހެއެވެ. ނަމަވެސް އިސްރާއީލުން ވަނީ އުތުރު ޣައްޒާއާ ދެކުނު ޣައްޒާއާ ދެމެދު ޤާއިމް ކޮށްފައިވާ އެމީހުންގެ ޗެކްޕޮއިންޓް "ނެޓްޒަރިމް ކޮރިޑޯ" ބަންދުކޮށްފައެވެ. އަދި އުތުރު ޣައްޒާގެ ރައްޔިތުން، އެމީހުންގެ ގޯތިގެދޮރަށް ދާން މިއަދު އެ ސަރަޙައްދަށް އެއްވެ ތިއްބާ އިސްރާއީލުގެ ސިފައިން ބަޑިޖެހުމުން، އެކަކު ޝަހީދުވެ ގިނަ ބަޔަކު ޒަހަމްވި ކަމަށް މީޑިއާ ރިޕޯޓްތައް ވަނީ ބުނެފައެވެ.
މިޙަމަލާއާ ގުޅިގެން، ހަމާސްއިން ބުނީ އިސްރާއީލުން ދަނީ އެއްބަސްވުމާއި ޚިލާފުވަމުން ކަމަށެވެ.
އިތުރަށް





.gif.gif&w=828&q=100)
