ފުޅާ ދާއިރާއެއްގައި އީ-ގޭޓްގެ ޚިދުމަތް ދޭން ފެށި ދެކުނު އޭޝިއާގެ ފުރަތަމަ ޤައުމަކަށް ދިވެހިރާއްޖެ

ފުޅާ ދާއިރާއެއްގައި އީ-ގޭޓްގެ ޚިދުމަތް ދޭން ފެށި ދެކުނު އޭޝިއާގެ ފުރަތަމަ ޤައުމަކަށް ދިވެހިރާއްޖެ ހިމެނިއްޖެއެވެ.
މި ފަޚްރު ރާއްޖެއަށް ލިބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، ވީއައިއޭގެ ޓާމިނަލް 1 އިން ދަތުރުކުރާ ބޭރުގެ ދަތުރުވެރިންނަށް އީ-ގޭޓް މެދުވެރިކޮށް އިމިގްރޭޝަން ކްލިއަރެންސް ހޯދޭނެ ޚިދުމަތް ރަސްމީކޮށް މިއަދު އިފްތިތާޙު ކުރުމާއި ގުޅިގެންނެވެ.
ޓާމިނަލް 1 ގައި މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ، ދާޚިލީ ސަލާމަތާބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.
މި ރަސްމިއްޔާތުގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަޞީޙްގެ އިތުރުން ވަޒީރުންނާއި، އެމް.އޭ.ސީ.އެލް އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޚިދުމަތް ފެށުމާއެކު ދިވެހިރާއްޖެ ވެގެންގޮސްފައިވަނީ، ބޭރުގެ ފަތުރުވެރިންނަށާއި ދަތުރުވެރިންނަށް މިހާ ފުޅާ ދާއިރާއެއްގައި އީ-ގޭޓްގެ ޚިދުމަތް ދޭން ފެށި ދެކުނު އޭޝިއާގެ ފުރަތަމަ ޤައުމަށެވެ. ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިޙްސާން ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއެކު، "މޯލްޑިވްސް 2.0" ޑިޖިޓަލައިޒޭޝަން ސިޔާސަތު ތަންފީޒުކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
ވީއައިއޭގެ އެރައިވަލްގައި 20 ގޭޓް އަދި ޑިޕާޗާގައި 15 ގޭޓާއެކު ޖުމްލަ 35 އީ-ގޭޓް ވަނީ ޤާއިމުކޮށްފައެވެ. ޖަރުމަނުގެ ޑާމަލޮގް ކުންފުނީގެ އެންމެ ޒަމާނީ ބަޔޯމެޓްރިކް ޓެކްނޯލޮޖީ ބޭނުންކޮށްގެން، މޫނާއި ލޮލުގެ ކަޅި ސްކޭން ކުރުމަށްފަހު 6 ސިކުންތާއި 7 ސިކުންތާ ދެމެދުގެ ވަގުތެއްގެ ތެރޭގައި ދަތުރުވެރިންނަށް އިމިގްރޭޝަން ކްލިއަރެންސް ލިބޭނެއެވެ.
ދިވެހިންގެ އިތުރުން، ދުނިޔޭގެ 46 ޤައުމެއްގެ ޕާސްޕޯޓު އޮންނަ ފަރާތްތަކަށާއި، ރާއްޖެއަށް ދަތުރުކުރާ 31 އެއާލައިނެއްގެ ފަސިންޖަރުންނަށް މި ޚިދުމަތް ބޭނުންކުރެވޭނެއެވެ.
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަޞީޙް ވިދާޅުވި ގޮތުގައި، މި ނިޒާމުގެ ސަބަބުން ރާއްޖެ އަންނަ ފަތުރުވެރިން ކިއުގައި މަޑުކުރަންޖެހޭ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ. އަދި ބައިނަލްއަޤްވާމީ އެންމެ މަތީ މިންގަނޑުތަކަށް ފެތޭ ސެކިއުރިޓީ ފީޗާތައް ހިމެނޭ މި ނިޒާމުގެ ސަބަބުން ބޯޑަރުގެ ސަލާމަތާއި ރައްކާތެރިކަމަށް އެއްވެސް ބުރުލެއް ނާރާނެކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.
އިތުރަށް




.gif.gif&w=828&q=100)