މަޖިލީހަށް ދިޔައިރު ކޮނޑުގައި އޮތީ ފުޓްބޯޅަކުޅެން އާރަށަށް ގެންދިޔަ ސާމާނު ހުރި ދަބަހެއް: މުއްޠަލިބް

މަޖިލީހަށް ދިޔައިރު ކޮނޑުގައި އޮތީ ފުޓްބޯޅަކުޅެން އާރަށަށް ގެންދިޔަ ސާމާނު ހުރި ދަބަހެއް ކަމަށް ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ރޭ ވަޑައިގަތީ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލާ ގުޅޭގޮތުން މެމްބަރުން ސާފުކުރަން ބޭނުންވި ކަންކަން ސާފުކޮށްދެއްވުމަށް ކަމަށާއި އެވަގުތު ކޮނޑުގައި އޮތް ދަބަހަކީ ކުޅޭ ސާމާނު އަޅާފައި އޮތް ދަބަސް ކަމަށެވެ.
މިނިސްޓަރު މުއްތަލިބު ސޯޝަލް މީޑިއާގައި އާންމުކުރެއްވި ޕޯސްޓެއްގައި މިކަން ސާފުކޮށްދެއްވީ މަޖިލީހުން ނުކުންނެވި އިރު "ޖިމް ބޭގެއް" އަޅުއްވައިގެން ހުންނަ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކުރުމުން އެކަމާ ގުޅުވައި ރިޝްވަތުގެ ތުހުމަތުކުރާތީ އެވެ.
އެގޮތުން، ރަސްމާލޭގައި ހިންގާ މެރީނާ މަޝްރޫއުއަށް ތާއީދުކުރުމަށް، ސަރުކާރު ހިންގާ ޕީއެންސީ މެމްބަރުންނަށް ރިޝްވަތުގެ ފައިސާ "މަޖިލީހަށް ވަދެފައިވާ"ކަމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއިލް އަޙުމަދު ނަސީމް ވަނީ ތުހުމަތުކުރައްވައިފަ އެވެ.
އެ ތުހުމަތުތަކާ ގުޅިގެން، މުއްޠަލިބު ވިދާޅުވީ ރޭގެ ވަގުތެއްގައި އެޓާނީ ޖެނަރަލް އަހްމަދު އުޝާމްއާ އެކު ރައްޔިތުންގެ މަޖިލީހަށް ވަޑައިގަތީ މެމްބަރުންތަކެއް އެދުމަށް ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލާ ގުޅޭގޮތުން އެ މެމްބަރުން ސާފުކުރަން ބޭނުންވި ބައެއް ކަންކަން ސާފުކޮށްދެއްވަން ކަމަށެވެ.
އެކަމަކު އެ ބައްދަލުވުން ބާއްވަން ތާވަލުކޮށްފައި އޮތް ގަޑިއަކީ އާރަށުން ފުޓްބޯޅަ ކުޅެގެން މާލެއަށް ވަޑައިގަތް ވަގުތު ކަމަށް މުއްތަލިބު ވިދާޅުވި އެވެ. އަދި މަޖިލީހުގެ އިދާރާއަށް ވަޑައިގަތީ ލޯންޗުން ފޭބި ގޮތަށް، ކުޅޭ ސާމާނު އަޅާފައިވާ ދަބަސް ވެސް ހިފައިގެން ކަމަށް ވަޒީރު ވިދާޅުވި އެވެ.
"އެ ބައްދަލުވުން ހަމަޖައްސާފައި އޮތް ގަޑީގައި އަޅުގަނޑު އާރަށުން ފުޓްބޯޅަ ކުޅެގެން އައި ގަޑިއާ ދިމާވާތީ، ލޯންޗުން ފޭބި ގޮތަށް މަޖިލީހުގެ އިދާރާއަށް އަޅުގަނޑު ދިޔައީ ކުޅޭ ސާމާނު އަޅާފައިވާ ދަބަސް ހިފައިގެންނެވެ. މަޖިލިސް އިދާރާއަށް ވަނީ އެ ދަބަސް ސެކިއުރިޓީ ޗެކްކުރުމަށްޓަކާ ސްކޭނާ އިން ސްކޭން ވެސް ކޮށްގެންނެވެ. ބައްދަލުވުމަށް ފަހު މަޖިލިސް އިދާރާ އިން އަޅުގަނޑު ނުކުތީ އެ ދަބަސް ކޮޑުގައި އަޅުވައިގެންނެވެ،" ވަޒީރު ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މަޖިލީހުގެ އިދާރާއަށް އެެ ދަބަސް ހިފައިގެން ވަދެ ވަޑައިގަތީ ސެކިއުރިޓީ ޗެކްކުރުމަށްޓަކައި ސްކޭނާ އިން ސްކޭން ވެސް ކޮށްގެންނެވެ.
މަޖިލީހުގެ އިދާރާއަކީ ސިފައިން ސަލާމަތީ ކަންކަން ބަލަހައްޓާ އަދި ސީސީޓީވީ ކެމެރާ އާއި ދަބަސް ސްކޭނާ އާއި ބޮޑީ ސްކޭނާ ވެސް ހުންނަ ތަނެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ދައުލަތުގެ ވަޒީރުންނަށް ވެސް އެތަނަށް ވަދެވެނީ އައިޑީކާޑު ކޮޕީ ފޮނުވައިގެން ކުރިން ހުއްދަ ހޯދައިގެން ކަމަށެވެ.
އިތުރަށް





.gif.gif&w=828&q=100)