ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން އާންމު ވޯޓެއް ނުނަގާނެ: ރައީސުލްޖުމްހޫރިއްޔާ

ރަސްމާލޭގައި އީގަލް ހިލްސް އިން ހިންގަން ނިންމާފައިވާ ރިއަލް އެސްޓޭޓް މަޝްރޫއާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި "ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލް" އާގުޅޭ ތަފްސީލު ހިއްސާކުރައްވަން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރަސްމާލެ މަޝްރޫޢާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަމުން ދަނީ ޙަޤީޤަތެއް ނެތް ވާހަކަތަކެއް ކަމަށާއި އެ މަޝްރޫއުގައި ރައްޔިތުންނަށް އޮތީ މުޅިން ވެސް ފައިދާ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ދަނީ މަޝްރޫއުއާ ދެކޮޅު ހަދައި އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލަމުންނެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުން އެކަމަށް ގޮވާލައި ގަރާރެއް ފާސްކޮށް، ރައްޔިތުންގެ މަޖިލީހަށް ވެސް އެމްޑީޕީން ގަރާރެއް ވަނީ ހުށަހަޅައިފަ އެވެ.
ނަމަވެސް، ރައީސް ވިދާޅުވީ އެކަމުގައި އާންމު ވޯޓެއް ނުނަގާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ބިލުގައި ދިވެހި ރައްޔިތުންގެ ޙައްޤުތަކާއި ދިވެހި ދައުލަތުގެ މިނިވަންކަމާއި އިސްތިޤުލާލާއި ސިޔާދަތީ ބާރު ހިމާޔަތް ކުރެވިގެންދާ ގޮތަށް ރިޔާޢަތްކޮށް، ވަރަށް ސާފުކޮށް ބަޔާންކޮށްފައި ހުރިކަމަށެވެ. މިއަދު މަޖިލީހަށް ހުށަހެޅި ބިލުން ވަރަށް ރަނގަޅަށް ރައްޔިތުންގެ ޙައްޤުތައް، އަންނަން އޮތް ޖީލުތަކަށް ވެސް ރައްކާކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ބިލުގެ އަށް ވަނަ ބާބުން ބޮޑެތި މާސްޓާ ޕްލޭން މަޝްރޫއުތަކަށް ހާއްސަ ގާނޫނީ އޮނިގަނޑެއް ތައާރަފު ކޮށްފައި ވެ އެވެ. މަދުވެގެން 200 ހެކްޓަރުގެ ބިމާއި އެއް ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓެއް ހިމެނެން ޖެހޭނެ ކަމަށް ބިލުގައި ބުންޏެވެ. އަދި ޒޯން ކުއްޔަށް ދެވޭނީ ގިނަވެގެން 99 އަހަރަށެވެ. މާސްޓާ ޑިވެލޮޕަރު ޒޯނުން ލިބޭ ސާފު އާމްދަނީގެ 10 ޕަސެންޓް ދައުލަތަށް ދައްކަންޖެހެ އެވެ.
ބިލުގައި ބުނީ މި ޒޯންތަކުގައި ސަލާމަތީ ކަންކަން ބަލަހައްޓާނީ ދިވެހި ސަލާމަތީ ޚިދުމަތްތަކުން ކަމާއި ޖުވާކުޅުމާއި އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ޤާނޫނުތަކާ ހިލާފު ކަންކަން އެ ޒޯންތަކުގައި ކުރުން މަނާވާނެ ކަމަށެވެ. އިސްލާމް ދީން ފިޔަވައި އެހެން ދީންތަކަށް އަޅުކަން ކުރާ ތަންތަން ހެދުން ފަދަ އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް ވެސް ބިލުގައިވެ އެވެ.
އިތުރަށް





.gif.gif&w=828&q=100)