ރައީސް މުޢިއްޒުގެ ސަރުކާރާމެދު 57 އިންސައްތަ މީހުން ހިތްހަމަޖެހޭކަމަށް ސަންގެ ޕޯލުން ހާމަވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާމެދު 57 އިންސައްތަ މީހުން ހިތްހަމަޖެހޭ ކަމަށް، ރާއްޖޭގެ އޮންލައިން ނޫހެއްކަމަށްވާ ސަން އޮންލައިނުން ނެގި ޕޯލަކުން ދައްކައިފިއެވެ.
އެ ނޫހުގައި ބުނެފައިވާ ގޮތުގައި، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރަށް ތިން އަހަރު ފުރުނުއިރު، މި މުއްދަތުގައި ސަރުކާރުން ނެރުނު ނަތީޖާއާމެދު ރައްޔިތުން ދެކޭގޮތް ދެނެގަތުމަށް ނެގި ސަން ޕޯލްގެ ނަތީޖާއިން ބައިވެރިވި މީހުންގެ އަޣުލަބިއްޔަތު ނުވަތަ 57.1 އިންސައްތަ މީހުން ތިބީ ސަރުކާރުގެ މަސައްކަތްތަކާމެދު ހިތްހަމަޖެހިގެން ކަމަށެވެ.
އޮންލައިންކޮށް ވެބްސައިޓަށް ވަދެގެން ވޯޓުލެވޭ ގޮތަށް ކުރިއަށްގެންދިޔަ މި ޕޯލްގައި 30،000 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާއިރު ސަރުކާރުގެ މަސައްކަތްތަކާމެދު އެއްވެސް ވަރަކަށް ހިތްހަމަނުޖެހޭ ކަމަށް ވޯޓުދީފައިވަނީ ބައިވެރިންގެ 23 އިންސައްތަ މީހުންނެވެ.
އެ ނޫހުން ބުނީ ސަރުކާރުން ނިންމެވި ނިންމެވުންތަކާ މެދު ތަފާތު ދެ ވިސްނުމެއްގައި ވޯޓު ދީފައިވާކަން ނަތީޖާއިން ފާހަގަކުރެވެއެވެ. އެގޮތުން، ރަނގަޅު ނިންމެވުންތަކެއް ނިންމެވި ނަމަވެސް ގިނައީ ގޯސް ނިންމެވުންތައް ކަމަށް ދެކޭ ކަމަށް 19.1 އިންސައްތަ މީހުން ބުނެފައިވާއިރު، ގޯސް ނިންމެވުންތަކެއް ހުރި ނަމަވެސް ގިނައީ ރަނގަޅު ނިންމެވުންތައް ކަމަށް ބުނެ ވޯޓުދީފައިވަނީ ބައިވެރިންގެ އެންމެ 0.7 އިންސައްތަ މީހުންނެވެ.
2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވިއިރު، ދައުލަތް އޮތީ ވަރަށް ބޮޑަށް ދަރަނވެރިވެފައި ކަމަށާއި އެންމެ އިސްކަމެއް ދީގެން ކުރި މަސައްކަތްތަކުގެ ތެރޭގައި ވެއްޓިފައި އޮތް ދަރަނިީގެ އަނދަވަޅުން ޤައުމު ސަލާމަތްކުރުން ހިމެނޭކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ.
ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޙަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިއަހަރު އެކަނިވެސް 1.45 ބިލިއަން އެމެރިކާ ޑޮލަރުގެ ދަރަނި މިސަރުކާރުން ދައްކާފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިދިޔަ 3 އަހަރު ދެއްކި ދަރަނީގެ ޢަދަދު، ވޭތުވެދިޔަ 10 އަހަރު ދެއްކި ޢަދަދަށްވުރެ 483 މިލިއަން ޑޮލަރު އިތުރު ކަމަށެވެ.
އިތުރަށް





.gif.gif&w=828&q=100)