logologologologo
STO
ޚަބަރު

'ކޫލް ސްކޫލް' މަޝްރޫޢުގެ ދަށުން 113 އަށްވުރެ ގިނަ ސްކޫލްގައި އޭސީ ހަރުކޮށް ބޭނުންކުރަން ފަށައިފި

'ކޫލް ސްކޫލް' މަޝްރޫޢުގެ ދަށުން 113 އަށްވުރެ ގިނަ ސްކޫލްގައި އޭސީ ހަރުކޮށް ބޭނުންކުރަން ފަށައިފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ނޮވެމްބަރު 23

ސަރުކާރު ސްކޫލުތަކުގެ ކްލާސްރޫމްތައް ފިނިކުރުމަށް ކުރިއަށްގެންދާ "ކޫލް ސްކޫލް" މަޝްރޫޢުގެ ދަށުން، މިހާތަނަށް 113 އަށްވުރެ ގިނަ ސަރުކާރު ސްކޫލްގައި އޭސީ ހަރުކުރުމުގެ މަސައްކަތް އެއްކޮށް ނިންމައި، ބޭނުންކުރަން ފަށާފައިވާ ކަމަށް ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މި މަޝްރޫޢަކީ ކްލާސްރޫމްތަކުގައި ހޫނުގަދަވުމުގެ ސަބަބުން ދަރިވަރުންނަށާއި މުދައްރިސުންނަށް ކިޔަވައިދިނުމާއި އުނގެނުމުގައި ކުރިމަތިވާ ދަތިތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ މަޤްޞަދުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ތަޢުލީމީ ވުޒާރާއިން ހިންގާ ޚާއްޞަ މަޝްރޫޢެކެވެ.

"ކޫލް ސްކޫލް" މަޝްރޫޢުގެ އެންމެ ފަހުގެ ތަފްޞީލުތައް ޙިއްޞާކުރަމުން ތަޢުލީމީ ވުޒާރާއިން ބުނީ، 113 އަށްވުރެ ގިނަ ސްކޫލްގައި އޭސީ ބޭނުންކުރަން ފަށާފައިވާއިރު، ޖުމްލަ 192 ސްކޫލެއްގެ ހުރިހާ ކްލާސްރޫމެއްގައި މިހާރު އޭސީ ހަރުކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން 80 ސްކޫލެއްގެ ހޯލުގައިވެސް އޭސީ ހަރުކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުގެ 219 ސްކޫލެއް ހިންގަމުންދާއިރު، އެ ސްކޫލްތަކުގައި 80،000 އަށްވުރެ ގިނަ ދަރިވަރުން އަންނަނީ ތަޢުލީމު ހާސިލުކުރަމުންނެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް