logologologologo
Ihthiraamu Adhaa Kurmuge Gaumee Mashroou
ޚަބަރު

މޫސުން ގޯސްވެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފި

މޫސުން ގޯސްވެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު ނެރެފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ނޮވެމްބަރު 10

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ބ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު (ޔެލޯ އަލާޓް) ނެރެފިއެވެ.

މެޓް އޮފީހުން މިއަދު ހެނދުނު 7:00 އިން 11:00 އަށް ނެރުނު ސަމާލުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް މޫސުމާ ބެހޭ އިދާރާއިން ލަފާކުރެއެވެ.

މެޓުން އިތުރަށް މައުލޫމާތު ދެއްވި ގޮތުގައި، ކުރިއަށް އޮތް ވަގުތުތަކުގައި މާލެ ސިޓީ ހިމެނޭހެން ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެއެވެ.

މޫސުން ކުރިއަށް ލަފާކުރާ ގޮތް:

  • ވައިގެ ބާރުމިން: ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި އިރުއުތުރުގެ އަތޮޅުތަކަށް ގަޑިއަކު 3 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.
  • ކަނޑުގެ ހާލަތު: ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ބެލެވޭއިރު، އުތުރުގެ އަތޮޅުތަކުގައި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެއެވެ.

މޫސުން ގޯސްވަމުންދާތީ، އެންމެ ފަހުގެ މޫސުމީ މައުލޫމާތުތަކަށް ސަމާލުވުމަށާއި، ކަނޑުދަތުރުކުރާ ފަރާތްތަކުންނާއި އާންމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް