logologologologo
Ihthiraamu Adhaa Kurmuge Gaumee Mashroou
ޚަބަރު

ކުރިއަށް އޮތް 3 ދުވަހު ވިއްސާރަކޮށް ފެންބޮޑުވެދާނެ ކަމަށް މެޓުން ލަފާކޮއްފި

ކުރިއަށް އޮތް 3 ދުވަހު ވިއްސާރަކޮށް ފެންބޮޑުވެދާނެ ކަމަށް މެޓުން ލަފާކޮއްފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ނޮވެމްބަރު 07

ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި، ނޮވެމްބަރު 7 އިން 11 އަށް ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެއެވެ. އަދި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ރަށްރަށުގައި ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ އިދާރާއިން ހާމަކުރެއެވެ.

މިއަދު ހެނދުނުވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު (ޔެލޯ އަލާޓް) ނެރެފައެވެ. އެ ސަމާލުގައިވާ ގޮތުން އެ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވަނީ ބެލެވިފައެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ގޯސްވާނެތީ، އެންމެ ފަހުގެ މޫސުމީ މައުލޫމާތުތަކަށް ސަމާލުވުމަށާއި، ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މެޓް އޮފީހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް