logologologologo
STO
ޚަބަރު

ހުޅުމާލޭގައި ބީއެމްއެލްއިން އަޅާ އަގުހެޔޮ ފުލެޓްތަކުގެ މަސައްކަތް ފަށައިފި

ހުޅުމާލޭގައި ބީއެމްއެލްއިން އަޅާ އަގުހެޔޮ ފުލެޓްތަކުގެ މަސައްކަތް ފަށައިފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ނޮވެމްބަރު 06

ހުޅުމާލޭގައި ބީއެމްއެލްއިން އަޅާ އަގުހެޔޮ ފުލެޓްތަކުގެ މަސައްކަތް ފަށައިފިއެވެ.

މިއީ ސަރުކާރުގެ ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީން ހުޅުމާލޭގައި އަލަށް އިމާރާތްކުރާ އަގުހެޔޮ ފްލެޓުތަކެކެވެ.  

ބީއެމްއެލްއިން ބުނީ ހުޅުމާލެ އެކެއްގައި އަމިން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން އިމާރާތްކުރާ 364 ހައުސިން ޔުނިޓްގެ ތެރެއިން 182 ޔުނިޓްގެ ކޮންކްރީޓް އެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

އެމްއެމްއޭއިން ހުރިހާ ބޭންކްތަކަށް ލާޒިމުކޮށްފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމްގައި އެންމެ ފުރަތަމައަށް ބައިވެރިވި، ލީސް-ޓު-އޯން (ކުލި ދައްކައި ހަލާސްކުރުމުން މިލްކުވުން) މޮޑެލްގެ ދަށުން އަލަށް އިމާރާތްކުރާ 3،260 އެފޯޑަބަލް ހައުސިން ޔުނިޓްތަކުގެ އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ހިނގަމުން އަންނަ ކަމަށް ބީއެމްއެލްއިން މިއަދު ބުންޏެވެ. 

"މި ހުރިހާ ޔުނިޓެއް 2028 ގެ މެދުތެރޭގައި ނިންމުމަށްޓަކައި ތާވަލާ އެއްގޮތަށް މަސައްކަތް ހިނގަމުންދޭ. އަދި އިތުރު 740 ހައުސިންގ ޔުނިޓް އެޅުމަށް ބޭންކުން މިވަނީ ނިންމާފައި،" ބީއެމްއެލްއިން މީޑިއާއާ ހިއްސާކުރި ލިޔުމުގައި ވެ އެވެ.

 

View post on Twitter

 

އެ ބޭންކުން ބުނިގޮތުގައި ހައުސިން ޔުނިޓުތައް ދޫކުރާނީ އެމްއެމްއޭގެ ހުއްދައާ އެކު، ޝަރީއާ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މި ޔުނިޓްތަކުގެ މަސައްކަތް ހަވާލުކޮށްފައިވާ ރާއްޖޭގެ ކުންފުނިތަކަކީ އަމިން ކޮންސްޓްރަކްޝަނާއި އެފްޑަބްލިއު ކޮންސްޓްރަކްޝަނާއި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން، އާރުސީސީއެވެ. ރާއްޖެއިން ބޭރުގެ ކުންފުނިތަކަކީ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް އަދި ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަންއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް