އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކުރާ ފަރާތްތަކަށް ބީއެމްއެލްއިން ހާއްސަ ޕްރޮމޯޝަނެއް!

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި ބީއެމްއެލް އިސްލާމިކް އެމެރިކަން އެކްސްޕްރެސް (އޭމެކްސް) ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް އަމާޒުކޮށްގެން އަގުހުރި އިނާމުތަކެއް ލިބޭ ޚާއްޞަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.
ބީއެމްއެލްއިން މައުލޫމާތު ދޭ ގޮތުގައި، މިއަދުން ފެށިގެން އަންނަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ އޭމެކްސް ކާޑު ބޭނުންކޮށްގެން ހަފުތާއަކު މަދުވެގެން 1,000 ރުފިޔާގެ ވިޔަފާރިކުރާ ކަސްޓަމަރުންނަށެވެ. މީގެ ތެރޭގައި ބީއެމްއެލްގެ ޕީއޯއެސް ޓާމިނަލްތަކާއި، ޕޭމަންޓް ގޭޓްވޭގެ އިތުރުން ކިއުއާރު (QR) މެދުވެރިކޮށް ކުރާ މުއާމަލާތްތައްވެސް ހިމެނެއެވެ.
މި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ނަސީބުވެރި 4 ފަރާތަކަށް އަގުހުރި އިނާމުތަކެއް ލިބިގެންދާނެއެވެ. މީގެ ތެރޭގައި:
- ހާޑް ރޮކް ކެފޭ މޯލްޑިވްސްގައި ދެ މީހަކަށް ރޭގަނޑުގެ ކެއުން
- މެކްބުކް ނިއޯ، އެޕަލް ވޮޗް އަދި އެއާޕޮޑްސް ހިމެނޭ އެޕަލް ބަންޑަލްއެއް
- ބ. ފުޅަދޫ "ވިލާ މިއާ" ގައި ޗުއްޓީ ހޭދަކުރުމާއި އިތުރު 4 މީހުންނާއެކު އެކްސްކާޝަން ދަތުރެއް
- ރިސޯޓެއްގައި ދެ މީހަކަށް 2 ރޭގެ ޗުއްޓީއަކާއެކު މަންތާ ރޭ ބަލަން ދިއުމުގެ ފުރުސަތު
ބީއެމްއެލްއިން ދަނީ ކަސްޓަމަރުން ދުވަހުން ދުވަހަށް ކުރާ މުއާމަލާތްތަކަށް އިނާމު ދިނުމުގެ ގޮތުން މިފަދަ ތަފާތު ޕްރޮމޯޝަންތައް ކުރިއަށްގެންދަމުންނެވެ.
އިތުރަށް





.gif.gif&w=828&q=100)