logologologologo
STO
ޚަބަރު

ބީއެމްއެލްގެ އެހީ ނަރސަސް އެސޯސިއޭޝަންގެ ރިހެބިލިޓޭޝަން ޕްރޮގްރާމަށް

ބީއެމްއެލްގެ އެހީ ނަރސަސް އެސޯސިއޭޝަންގެ ރިހެބިލިޓޭޝަން ޕްރޮގްރާމަށް
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 އޮކްޓޯބަރު 07

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިޖުތިމާއީ ހަރަކާތްތަކަށް ހާއްސަ "ބޭންކް ފަންޑު" ގެ މާލީ އެހީތެރިކަމާއެކު، މޯލްޑިވިއަން ނަރސަސް އެސޯސިއޭޝަން (އެމްއެންއޭ) އިން އިސްނަގައިގެން ނަފްސާނީ ދުޅަހެޔޮކަމާއި ރީހެބިލިޓޭޝަނަށް ހާއްސަ ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސްފިއެވެ.

"ޒައިތޫން" ގެ ނަމުގައި ހުޅުމާލެ ފޭސް 2 ގައި ކުރިއަށްދިޔަ މި ރީހެބިލިޓޭޝަން ޕްރޮގްރާމަކީ، ނަފްސާނީ އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށާއި އެ މީހުންގެ އާއިލާތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ހިންގި ހަރަކާތެކެވެ. މީގެ މައިގަނޑު މަގުސަދަކީ ދިރިއުޅުމުގެ މުހިންމު ހުނަރުތައް ދަސްކޮށްދީ، ހަޔާތުގައި ކުރިމަތިވާ ދަތި އުނދަގޫ ހާލަތްތަކުން އަރައިގަންނާނެ ގޮތްތަކަށް އާންމުން އަހުލުވެރިކުރުވުމެވެ. މީގެއިތުރުން، ނަފްސާނީ ބަލިތަކާމެދު މުޖުތަމައުގައި އޮންނަ ނޭދެވޭ ފިކުރުތައް ނައްތާލައި، އެފަދަ ފަރާތްތައް ބޫސްޓްކޮށް މުޖުތަމައަށް ނެރުމަށް ބާރުއެޅުންވެސް މި ޕްރޮގްރާމްގެ ތެރޭގައި ހިމެނެއެވެ.

އެމްއެންއޭއިން ހިންގި މި އިނިޝިއޭޓިވްގެ ދަށުން ތަފާތު ތަމްރީނު ސެޝަންތަކާއި، ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ މުހިންމު އާދަކާދަތައް ދަސްކޮށްދިނުމުގެ އިތުރުން މުޖުތަމައު ހޭލުންތެރިކުރުވުމުގެ ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށްދިޔައެވެ. މި މަސައްކަތުގެ ތެރެއިން ހުޅުމާލޭގައި ދިރިއުޅޭ 100 އަށްވުރެ ގިނަ މީހުންނަށް ސީދާގޮތުން އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.

ބީއެމްއެލްގެ "ބޭންކް ފަންޑު" އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖަމިއްޔާތަކުން މުޖުތަމައަށް ފައިދާހުރި، ދެމެހެއްޓެނިވި ގޮތެއްގައި ހިންގާ އިޖުތިމާއީ އަދި ތިމާވެށީގެ މުހިންމު މަޝްރޫއުތަކަށް އެހީތެރިކަން ދިނުމުގެ ގޮތުން ބޭންކުން ހިންގަމުން އަންނަ ހާއްސަ ފަންޑެކެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް