ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުން އޭޓީއެމުން ފައިސާ ނަގާއިރު ނަގާ 'ކްރޮސް ބޯޑާ' ފީ ނެގުން ބީއެމްއެލްއިން ހުއްޓާލައިފި

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ދަރިވަރުން ޑެބިޓް ކާޑު ބޭނުންކޮށްގެން އޭޓީއެމްތަކުން ފައިސާ ނަގާއިރު މީގެ ކުރިން ނަގަމުން އައި 'ކްރޮސް ބޯޑާ' ފީ ނެގުން ހުއްޓާލާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު އިއުލާނުކޮށްފިއެވެ. މިއީ ބޭރުގައި ތައުލީމު ޙާޞިލުކުރަމުންދާ ދަރިވަރުންނާއި އެ ދަރިވަރުންގެ އާއިލާތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެކެވެ.
ކްރޮސް ބޯޑާ ފީއަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ހުރިހާ ބޭންކުތަކަކުން ވެސް މިފަދަ މުއާމަލާތްތަކަށް ނަގަމުން އަންނަ ފީއެކެވެ. ބީއެމްއެލްގެ ކާޑުގެ ޚިދުމަތް ތައާރަފުކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް މި ފީ ނަގަމުން އައި ނަމަވެސް، ރޭގެ ވަގުތެއްގައި އެ ފީ ނެގުން މުޅިން ހުއްޓާލާފައިވާ ކަމަށް ބީއެމްއެލްއިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވަނީ ކަށަވަރުކޮށްދީފައެވެ.
މި ބަދަލާއެކު، ބޭރުގައި ކިޔަވާ ދަރިވަރުންގެ ދިރިއުޅުމުގެ ޚަރަދުތަކާއި ތައުލީމީ ބޭނުންތަކަށް ކަނޑައަޅާފައިވާ މަހަކު 1،200 އެމެރިކާ ޑޮލަރުގެ ލިމިޓް، އެއްވެސް އިތުރު ޚަރަދަކާ ނުލައި ފުރިހަމައަށް ބޭނުންކުރުމުގެ މަގު ވަނީ ފަހިވެފައެވެ. މީގެ ކުރިން އޭޓީއެމްތަކުން ފައިސާ ނަގާއިރު އިތުރު ފީއެއްގެ ގޮތުގައި ބޮޑު އަދަދެއް ކެނޑޭތީ، ބޭރުގައި ކިޔަވާ ގިނަ ދަރިވަރުން ދިޔައީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބީއެމްއެލްގެ މި ނިންމެވުމާއެކު އެ މައްސަލައަށް މިހާރު ވަނީ އެދެވޭ ހައްލެއް ލިބިގެންގޮސްފައެވެ.
އިތުރަށް





.gif.gif&w=828&q=100)