މިނިސްޓަރ ސައީދުގެ އިތުބާރު އޮތްކަމަށް މަޖިލީހުން ފާސްކޮއްފި

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދުގެ އިތުބާރު ނެތްކަމަށް އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބޮޑު އަޣުލަބިއްޔަތަކުން މިއަދު ފެއިލްކޮށްލައިފިއެވެ.
އެމްޑީޕީގެ 13 މެންބަރަކު ސޮއިކުރައްވައި ހުށަހެޅުއްވި މި މައްސަލައިގައި ބުނެފައިވަނީ، ވަޒީރު މަސްއޫލިއްޔަތުތަކާ ޚިލާފުވެ، މަޖިލީހަށް ޖަވާބުދާރީވުމަށް ހުރަސްއަޅުއްވާފައިވާ ކަމަށެވެ. އަދި އިޤްތިޞާދީ އިޞްލާޙުތައް ތަންފީޒު ނުކުރެވުމުގެ ސަބަބުން ޑޮލަރުގެ ތަދުމަޑުކަން ބޮޑުވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 21 ރުފިޔާއަށްވުރެ މައްޗަށް ގޮސްފައިވާ ކަމަށާއި، ދައުލަތުގެ މާލީ ހާލަތު ދަތި ދަނޑިވަޅެއްގައި ބޭރުގެ ފޯރަމްތަކަށް ބޮޑު ޚަރަދެއް ކޮށްފައިވާ ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.
ނަމަވެސް، މަޖިލީހުގެ ތަޅުމުގައި ނެގުނު ވޯޓުގައި ސައީދުގެ އިތުބާރު ނެތްކަމަށް ފާސްކުރަން ނުފެންނަކަމަށް 54 މެންބަރުން ވޯޓު ދެއްވިއިރު، އެ މައްސަލައަށް ތާއީދުކޮށް ވޯޓު ދެއްވީ އެންމެ 10 މެންބަރުންނެވެ.
މި މައްސަލައަށް ޖަވާބުދާރީވެވަޑައިގަންނަވަމުން މިނިސްޓަރު ސައީދު ވަނީ ޑޮލަރުގެ ތަދުމަޑުކަމުގެ ތުހުމަތުތައް ދޮގުކުރައްވާފައެވެ. އެގޮތުން، ކުރީގެ ސަރުކާރުން ރަސްމީ ރޭޓުގައި ދޫކުރި ޑޮލަރަށްވުރެ 80 އިންސައްތަ އިތުރަށް، މި ސަރުކާރުން ޖުމްލަ 1.94 ބިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ވަކި މިންވަރެއް މާރުކުރަން މަޖުބޫރުކުރުން ފަދަ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން، މަހެއްގެ މައްޗަށް ޑޮލަރު ދޫކުރެވުނު މިންވަރު 97 އިންސައްތައަށް އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އިތުރަށް





.gif.gif&w=828&q=100)