ރަސްމާލެ މަޝްރޫޢަކީ ރާއްޖޭގެ ތާރީޚުގައިވެސް ނުގެންނަފަދަ ބޮޑު އިންވެސްޓްމެންޓެއް: ވަޒީރު ސަޢީދު

ރަސްމާލޭގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫޢުގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައިވެސް މިހާތަނަށް އުފެއްދި ޖުމްލަ އެސެޓްތަކާ އެއްވަރުގެ އަގުހުރި އިންވެސްޓްމެންޓެއް ޤާއިމުވެގެންދާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން ބޭއްވި "އަހާ" ފޯރަމްގެ އަށްވަނަ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ސައީދު ފާހަގަކުރެއްވީ، 2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށްޓަކައި އިޤްތިޞާދީ އޮނިގަނޑު މުޅިން އެހެން ހަރުފަތަކަށް ގެންދަންޖެހޭ ކަމަށެވެ. އަދި އެ އަމާޒަށް ދެވޭނީ ރާއްޖެއަށް މިފަދަ ބޮޑެތި އިންވެސްޓްމެންޓުތައް ގެނެސްގެން ކަމަށްވެސް އެނާ ވިދާޅުވިއެވެ.
ރަސްމާލޭގައި 20 ބިލިޔަން ޑޮލަރުގެ ވޯޓަރފްރަންޓް އަދި މެރީނާ ޕްރޮޖެކްޓެއް ތަރައްޤީކުރުމަށް އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރ "އީގަލް ހިލްސް" އާއެކު ދިވެހި ސަރުކާރުން އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. ނަމަވެސް، އެތަނުން ގަންނަ ޕްރޮޕަޓީ އޮޓަމެޓިކުން ވާރުތަވާ ގޮތަށް ހެދުމާއި، ބޭރު ބަޔަކަށް ބިން ވިއްކާލާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިކަމަށް ރައްދުދެއްވަމުން ވަޒީރު ސައީދު ވިދާޅުވީ އިދިކޮޅުން ދައްކަނީ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ސިޔާސީ ގޮތުން ދައްކާ ވާހަކަތަކެއް ކަމަށާއި، މި މަޝްރޫޢު ކާމިޔާބުވުމަކީ އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ކުރިމަގަށް އެޅޭނެ ބޮޑު ހިޔަންޏެއް ކަމަށެވެ.
ރާއްޖޭގެ އިޤްތިޞާދީ ހާލަތަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މިވަގުތު ހިންގަމުންދާ 170 ރިސޯޓުން ސީދާ ގޮތެއްގައި އިޤްތިޞާދަށް ވަންނަނީ 1.7 ބިލިޔަން ޑޮލަރު ކަމަށެވެ. އަދި މުޅި ޤައުމުގެ އިޤްތިޞާދު އެންމެ ދާއިރާއަކަށް ބަރޯސާވެފައި އޮތުމަކީ ނުރައްކަލެއްކަން ފާހަގަކުރައްވައި، އީގަލް ހިލްސްގެ މަޝްރޫޢު ކުރިއަށްދާނީ ގުދުރަތީ ވެއްޓާ ގުޅޭގޮތަށް އިޤްތިޞާދު ސިންދަފާތު ކުރުމުގެ އަމާޒުގައި ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ރާއްޖޭގެ ބިންތައް ފަތުރުވެރިކަމަށް ދިގު މުއްދަތަކަށް ދޫކުރުމަކީ އަލަށް ކުރާ ކަމެއް ނޫންކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، 2013 އިން 2018 އަށް އޮތް ވެރިކަމުގައިވެސް 1 ބިލިޔަން ޑޮލަރު އިންވެސްޓްކޮށްގެން ހިއްކާ ބިމުގެ %30 ފްރީހޯލްޑް އުސޫލުން ދޫކުރަމުންދިޔަ ކަމަށެވެ. އަދި 2018 ގައި އައި ސަރުކާރުން ޤާނޫނަށް އިސްލާހު އައިސް، 99 އަހަރަށް ބިން ކުއްޔަށް ދެވޭގޮތް ހަމަޖެއްސި ކަމަށާއި، އެ އުސޫލުގެ ދަށުން މިހާރުވެސް އޮޕަރޭޓްކުރާ ރިސޯޓުތައް ހިމެނޭހެން 54 ރިސޯޓެއް ދޫކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އިތުރަށް





.gif.gif&w=828&q=100)