ޒައަނިސްޓުންނާ ދެކޮޅަށް އަޅުގަނޑަށް ވުރެ ބޮޑަށް މަސައްކަތްކުރި ރާއްޖޭގެ ރައީސަކު ނެތް: ރައީސް

އެމަނިކުފާނަށްވުރެ ބޮޑަށް ޒައަނިސްޓުންނާ ދެކޮޅަށް މަސައްކަތްކުރި ރާއްޖޭގެ ރައީސަކު ނެތް ކަމަށް ދެންނެވިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ނޭޝަން ޗެޓް ޕްރޮގްރާމުގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނަށްވުރެ ބޮޑަށް ޒައަނިސްޓުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ޤަތުލުއާންމާއި ދެކޮޅަށް މަސައްކަތްކުރި ރާއްޖޭގެ ރައީސަކު ނެތް ކަމަށެވެ.
"އަޅުގަނޑަށް ވުރެ ބޮޑަށް ޒައިނިޒަމާ ދެކޮޅަށް، އިސްރާއިލުން މި ހިންގާ ޖެނަސައިޑާ ދެކޮޅަށް ވާހަކަ ދައްކާ، މަސައްކަތްކުރި މީހަކު މިއަދާ ހަމައަށް ވެސް ރާއްޖޭގެ ރައީސްއަކަށް ނެތް ކަންނޭނގެ އައިސްފައެއް." ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ފުރަތަމަ ދުވަހުން ފެށިގެން، އިންތިޤާލީ މަރުހަލާގައި ވެސް އެ ޤަތުލުއާންމާއި ގުޅިގެން ރާއްޖޭގެ ސިޔާސަތާ ގުޅޭގޮތުން ޓްވީޓެއް ކުރެއްވި ކަމަށެވެ. އަދި އެކަން ޢަމަލީ ގޮތުން ދައްކަވަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
އިސްރާއީލު މީހުނަށް ރާއްޖެ ނާދެވޭ ގޮތަށް، އިސްރާއީލް ޕާސްޕޯޓް މަނާކުރަން ކެރުނު އެއްވެސް މީހަކު އެބަހުރިތޯ ރައީސް ވަނީ ސުވާލުކުރައްވައިފައެވެ.
"މުޅީންވެސް ހިހޫތަނުން ކައިގެން އުޅުނު މީހުން ނޫންތޯ މީގެ ކުރިން ފެންނަން ހުރީ. އަޅުގަނޑު މި ޕާސްޕޯޓް ބޭން ކުރުމުގެ ކަންތަކުގައި ތެދުވީމަ އަޅުގަނޑަށް އައި ކޯލްތައް އަޅުގަނޑަށް ނޫންތޯ އެނގޭނީ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިސްރާއީލް ޕާސްޕޯޓްގައި ރާއްޖެ އެތެރެ ނުވެވޭ ގޮތް ހައްދަވަން އުޅުމުން، އެކަން ނުކުރާށޭ، ރާއްޖޭގެ އިޤްތިޞާދު ހަލާކުވާނެއޭ ޓޫރިޒަމް ސެކްޓަރ ތެރެއިން ވެސް ބުނަމުން އައި ކަމަށެވެ. އަދި އެމަނިކުފާނު އަރިހުގައި މަސައްކަތް ކުރަމުންދާ އެތައް ބަޔަކުވެސް އެކަން ނުކުރެއްވުމަށް އެދުނު ކަމަށެވެ.
"އަޅުގަނޑު ދެންނެވިން ޤައުމަށް ފައިދާ ހުރީ އިސްރާއިލް ޕާސްޕޯޓް ބޭންކޮށްގެންނޭ. ފެންނަން ނޫންތޯ މިއޮތީ އޭގެ ހަގީގަތް. އޭގެ ސަބަބުން ޓުއަރިޒަމް އިތުރަށް ފުޅާވީ ރާއްޖޭގައި." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިސްރާއީލް ޕާސްޕޯޓް މަނާކުރުމުން ރާއްޖޭގެ ޓޫރިޒަމް އިތުރަށް ފުޅާވި ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖެއަކީ ވަރަށް ހަރުދަނާ މިންގަނޑުތަކެއް ގެންގުޅޭ، ސުލްޙައަށް، އިންސާފަށް ލޯބިކުރާ، ޤަތުލުއާންމާ ދެކޮޅު ބައެއްކަމާއި އިސްރާއީލުން ހިންގަނީ ޤަތުލުއާންމެއްކަން އދ. ގައި އިޢުލާނުކޮށްލަން އެމަނިކުފާނަށް ކެރިވަޑައިގެންނެވި ކަމަށެވެ. އަދި އެއީ ރާއްޖޭގެ ފަރާތުން މިއަދާހަމައަށް އައިއިރުވެސް. މީގެ ކުރީގެ އެއްވެސް ރައީސަކު ކުރެއްވި ކަމެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ފަލަސްޠީނު ރައްޔިތުންގެ ޙައްޤުގައި މިއަދާއި ހަމައަށް އެހާ ވަރުގަދަކޮށް އެމަނިކުފާނު މަސައްކަތް ކުރައްވަނީ، އެއީ ދިވެހި ރައްޔިތުންގެ ވިންދާ އެއްގޮތަށް ކުރައްވާ ކަމަކަށް ވާތީ ކަމަށެވެ. އަދި ދެން ކުރިއަށް އޮތްތާނގައި ވެސް އެގޮތަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން މިރާއްޖޭގައި އިސްރާއީލްގެ ރައްޔިތުންނަށް ނުވަތަ ޒައަނިސްޓުންނަށް އައިސް ވަޒަންވެރިވެވޭ ގޮތަށް ކަންކަން ކުރަން އުޅެނީއޭ ކިޔައިގެން ދައްކާ ވާހަކަތަކަކީ އެއްވެސް އިޚްލާޞްތެރިކަމެއް ނެތް ސިޔާސީ މީހުން ދައްކާ ވާހަކަތަކެއް ކަމަށެވެ.
އިތުރަށް





.gif.gif&w=828&q=100)