ވެރިކަމާ ހަވާލުވެވަޑައިގެން ބެއްލެވީ ޤައުމު ބަނގުރޫޓު ނުވެ ސަލާމަތް ކޮށްދިނުމަށް: ރައީސް

ވެރިކަމާއި ހަވާލުވެވަޑައިގެން ބެއްލެވީ ޤައުމު ބަނގުރޫޓު ނުވެ ސަލާމަތް ކޮށްދިނުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްއިން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ 'ނޭޝަން ޗެޓް' ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ވެރިކަމާ ހަވާލުވެވަޑައިގެން ބެއްލެވީ ޤައުމު ބަނގުރޫޓު ނުވެ ސަލާމަތް ކޮށްދިނުމަށް ކަމަށާއި މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ޤައުމު އޮތީ އިޤުތިޞާދީގޮތުން ޑިފޯލްޓްވުމުގެ ތުންފަތްމަތީގައި ކަމަށެވެ. ކަންކަން ރަނގަޅަށް މެނޭޖުނުކުރިނަމަ ދެތިން މަސް ތެރޭގައި ޑިފޯލްޓް ވީސްކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން ރައްޔިތުންގެ ބޮލުގައި ދަރަނި އަޅުވައި ބޮޑު ސްކޫކެއް ދައްކަން ޖެހިފައި އޮތްކަމަށް ވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުގެ ފާއިތުވި 3 އަހަރަކީ ދަރަނި ކުޑަކުރެވި، ކްރެޑިޓް ރޭޓިން މަތިކުރެވުނު 3 އަހަރުކަމަށެވެ.
"އަޅުގަނޑުމެން އެކަން ކުރީ މިއަހަރު ފެށިއިރުގައި ރިކޯޑް މިންވަރެއްގެ ރިޒާވްއެއް އަޅުގަނޑުމެން ބިލްޑް ކުރިން. ގްރޮސް ރިޒާވް އަދި ޔޫސަބަލް ރިޒާވް. ބިލްޑްކޮށް އަޅުގަނޑުމެން މިވަނީ ރައްޔިތުން ބޮލުގައި އެޅިފައި ހުރި ވަރަށް ގިނަ ދަރަނިތަކުން ސަލާމަތްކޮށްދީފައި. އެއާއިއެކީގައި މި ދިމާވީ މެދުއިރުމަތީގެ ހަނގުރާމައެއް ފެށުން. މި ހަނގުރާމައަކީ އެއްވެސް ބަޔަކު އެންޓިސިޕޭޓްކޮށްފައި އޮތް ކަމަކަށްނުވާތީ އަދި ރާއްޖެ ފަދަ މެދުއިރުމަތި މެދުވެރިކޮށް ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް ގައުމަކަށް ވަރަށް ބޮޑު އިންޕެކްޓެއް ކުރި ކަމެއް." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ސަރުކާރުން ކުރި މަސައްކަތުން 2 ފަހަރެއްގެ މަތިން ކްރެޑިޓް ރޭޓިންވެސް މަތިވެފައިވާ ކަމަށެވެ. މިއާއިއެކު ރާއްޖެއަށް އިންވެސްޓަރުން އައުމަށް އިތުބާރު ބޮޑުވަމުންދާކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ބޭރުފައިސާ މެނޭޖުކޮށް ރައްޔިތުންނަށް ކަންތައްތައް ފަހިކޮށްދިނުމުގައިވެސް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ރާއްޖެއިން ބޭރަށް ގޮސް ބޭސްފަރުވާއާއި އެހެނިހެން ކަންކަމުގައި ޚަރަދު ކުރުމުގައި މިހާރު ވަރަށް ގިނަ ލުއިތައް ފަހިކޮށްދީފައިވާކަން ފާހަގަކުރެއްވިއެވެ.
ޚަރަދު ކުޑަކޮށް ބަޖެޓު މެނޭޖުކުރުމަށް އަންނަ އަހަރަށް ހުށައަޅާ ބަޖެޓުގައިވެސް ވަރަށް މުހިންމު ބިނާކުރަނިވި ޒިންމާދާރު ފިޔަވަޅުތަކެއް އަޅާފައިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
އިތުރަށް





.gif.gif&w=828&q=100)