ރަސްމާލެ ޕްރޮޖެކްޓާމެދު ކަންބޮޑު ނުވޭ، ރަލެއް ނުވިއްކޭނެ، އޫރު މަހެއް ނުހުންނާނެ: ރައީސް

ރަސްމާލެ ޕްރޮޖެކްޓާމެދު ކަންބޮޑު ނުވުމަށާއި އެތަނުގައި ރާ ނުވިއްކޭނެ، އަދި ނުބޮވޭނެ ކަމަށާއި އޫރު މަހެއް ވެސް ނުހުންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ނޭޝަން ޗެޓް ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޕްރެޒެންޓަރ ރަސްމާލެއާ ބެހޭގޮތުން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އެމަނިކުފާނު ވިދާޅުވީ ރަސްމާލޭގެ އެއްބައިގައި ހިންގުމަށްޓަކައި ފުރުސަތު ހުޅުވާލާފަ މިއޮތް އިންވެސްޓްމަންޓަކީ ޙަޤީޤަތުގައި އެއްވެސް ވަރަކަށް ރައްޔިތުން ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށެވެ.
ރައީސް ވިދާޅުވީ އެ ޕްރޮޖެކްޓުން ރައްޔިތުންނަށް އޮތީ މުޅިންވެސް ފައިދާ ކަމަށާއި ކުރު ގޮތަކަށް ދަންނަވަންޏާ ރިސޯޓެއްގަ ކަންކަން ހުންނަ ފުޅާ މިނަށް ވުރެވެސް ލިމިޓެޑް ކަމަށެވެ.
"ލިމިޓެޑް ވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ އިނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާގައި ފަސްވަގުތު ބަންގިގޮވާނެ. މިސްކިތް ހުންނާނެ. ބޭރުގެ އެއްވެސް ފަރާތްތަކެއްގެ ކޮންޓްރޯލް ހިނގާ ގޮތަށް އަދި އެނޫން ގޮތަކަށް ވެސް ސުކޫލެއް، ތަޢުލީމީ މުއައްސަސާއެއް ނުހުންނާނެ. އެތަނަށް އަންނަ މީހުންގެ ތެރެއިން އެތާގައި ހޮލިޑޭ ހޯމްސް ހޯދާ ފަރާތްތައް، ގަންނަ ފަރާތްތަކުގެ ކުދިން މިސާލަކަށް ސުކޫލަށް ފޮނުވަންޏާ މިހާރުވެސް ރާއްޖޭގައި ބޭރުމީހުންގެ ކުދިން ސުކޫލަށް ފޮނުވޭ މިންގަނޑު އޮންނާނީ. ރާއްޖޭގެ ސުކޫލަކަށް ފޮނުވަންޏާ އެއޮންނަ މިންގަނޑުން ނޫނިއްޔަކާ ސުކޫލަކަށް ނުފޮނުވޭނެ. އެހެންވީމާ އެތާކު ވަކިންނެއް ނޯންނާނެ." ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ރަސްމާލޭގައި ތަރައްޤީކުރާ ޕްރޮޕަޓީތަކަކީ ވަކިން އޮތް، ދުރުގައި އޮތް ރަށެއްގައި ހުންނަ ތަންތަނެއް ނޫން ކަމަށާއި އެއީ ރަސްމާލޭގެ އެއްބައި ކަމަށާއި އެއީ މީހުން ދިރިއުޅޭ ފަސްގަނޑެއްގައި ހެދޭ ތަނެއް ކަމަށެވެ.
"އަޅުގަނޑު ހަމަ ޔަޤީނުން ވެސް ފުރުޞަތު ދޭނެ ކަމެއް ނޫން އަޅުގަނޑުމެންގެ ތެރޭގައި، އޭގެ ސަބަބުން ނޭދެވޭ ކަމެއް ހިނގާކަށެއް." ރައީސް އިތުރަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ޤާނޫނީ ގޮތުންވެސް އެގްރިމެންޓުގައިވެސް، ހުރިހާ ގޮތަކުންވެސް އެ ހުރިހާ ކަމެއް ޔަޤީން ކުރައްވާނެ ކަމަށާއި އެފަދަ ނުރައްކާތެރި ހުރިހާ މަގުތަކެއް ބަންދު ކުރައްވާޏެ ކަމަށެވެ.
ރައީސް ވިދާޅުވީ އެތަނުގައި މިސްކިތް ހުންނާނެ ކަމަށާއި ދިވެހި ފުލުހުން ތިއްބަވާނެ ކަމަށެވެ. އަދި އެއީ ރާއްޖޭގެ ބިން ކަމަށާއި އެތަނުގައި ހިނގާނީ ރާއްޖޭގެ ސިޔާދަތާ ރާއްޖޭގެ ޤާނޫނުއަސާސީއާއި ރާއްޖޭގެ ޤާނޫނުތައް ކަމަށެވެ.
އެތަނުގައި އެހެން ޤައުމެއްގެ ޤާނޫނެއް ނުހިނގާނެ އެތަނަކީ ހުރިހާ ގޮތެއްގައި، އަސްކަރީ ގޮތުންވިޔަސް، ލޯއެންފޯސްމަންޓުގެ ގޮތުންވިޔަސް، ދިވެހި ދައުލަތުގެ ތަނެއް ކަމަށާއި ދައުލަތުގެ ހުރިހާ ބާރެއް ހިނގާނެ ކަމަށާއި އެހެންވީމާ ދެން ކެސިނޯއެއްވެސް ނުހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރަސްމާލެއާ ގުޅުވައި އިދިކޮޅުން ދައްކާ ވާހަކަތަކީ އެއްވެސް ކަހަލަ އަސާސެއް ނެތް ވާހަކަތަކެއް ކަމަށާއި އެއީ ބިރު އުފައްދަންވެގެން އަދި އެ އިންވެސްޓްމެންޓް އަޔަނުދޭން ކުރާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އިތުރަށް





.gif.gif&w=828&q=100)