މާލޭގެ ޓްރެފިކް މައްސަލައަށް ހައްލެއް ހޯދުމަށް ޒަމާނީ މޮނިޓަރިން ސެންޓަރެއް ގާއިމްކުރަނީ

މާލެ ސަރަހައްދުގެ ތަކުރާރުވަމުންދާ ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، މުޅި މާލޭގެ މަގުތައް "ރިއަލްޓައިމް" ކޮށް މޮނިޓާ ކުރެވޭނެ އާބަން ޓްރެފިކް މޮނިޓަރިން ސެންޓަރެއް ގާއިމްކުރުމަށް ސަރުކާރުން ނިންމައިފިއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު ވަނީ، އެއްގަމުދަތުރުފަތުރުގެ އާ ގާނޫނުގެ ދަށުން ކުރެވޭނެ އެންމެ މުހިންމު އެއް މަސައްކަތަކީ މުޅި މާލެ އެއްކޮށް ބެލެހެއްޓޭނެ ފަދަ ޒަމާނީ ވަސީލަތްތަކާއެކު މި ސެންޓަރު ވީހާވެސް އަވަހަކަށް ގާއިމްކުރުން ކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރު ސައީދު ފާހަގަކުރެއްވި ގޮތުގައި، މި ސެންޓަރު ގާއިމްކުރުމަށް ބޭރުގެ އެހީތެރިކަން ހޯދަން ޖެހުނު ނަމަވެސް ސަރުކާރުން އެ މަސައްކަތް އިސްކަންދީގެން ކުރިއަށް ގެންދާނެއެވެ. މި ސެންޓަރުގެ މުހިންމު ބޭނުމަކީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން މާލޭގެ ވަކިވަކި މަގުތަކުގެ ހާލަތު ފުލުހުންނަށް ވަގުތުން ބެލޭނެ ގޮތް ހެދުމާއި، ޓްރެފިކް ބޮޑުވާ ވަގުތުތަކުގައި އުޅަނދުތައް އެހެން މަގުތަކަށް ރީޑައިރެކްޓް ކުރެވޭނެ ސްމާޓް އިންތިޒާމްތައް ހަމަޖެއްސުމެވެ. މީގެއިތުރުން، އެއްގަމު ދަތުރުފަތުރާ ގުޅޭ ހިދުމަތްތައް ވީހާވެސް ބޮޑަށް ޑިޖިޓަލްކޮށް، ގާނޫނީ ގޮތުން ގެންނަންޖެހޭ ބަދަލުތައް ގެންނަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި އާ އިސްލާހުތަކާއެކު، މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ކަންކަން ހިންގުމަށް ހާއްސަކޮށް "ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޯބިލިޓީ އޮފީސް" ގެ ނަމުގައި ވަކި އިދާރާއެއް ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން އުފެދިގެންދާނެއެވެ. އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނެވުނު "މާލެ ސަރަހައްދަށް ހިނގާ ހާއްސަ އުސޫލު" ބާބުގެ މަގްސަދަކީ އާބާދީ ބޮޑުވެ، އުޅަނދުތައް ތޮއްޖެހުމުގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހާއްސަ އިސްތިސްނާ އުސޫލުތަކެއްގެ ދަށުން ހައްލު ހޯދައިދިނުމެވެ.
އާ ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކަށް ދެވޭ ޖޫރިމަނާތައް ބޮޑުވެގެންދާނެއެވެ. އަދި މާލޭގެ މަގުތަކަށް ނުކުންނަ ވެހިކަލްތަކުގެ އަދަދު ކޮންޓްރޯލްކޮށް، ދަތުރުފަތުރުގެ ނިޒާމު އަމާންކުރުމަށް ހާއްސަ އުސޫލުތަކެއް ތަންފީޒުކުރަން ވަނީ ހަމަޖެހިފައެވެ.
އިތުރަށް





.gif.gif&w=828&q=100)