ސަޢީދުގެ އިތުބާރު ނެތްކަމަށް ބުނެ މަޖިލީހަށް ވެއްދި މައްސަލައިގެ ބަހުސް ފަށައިފި

އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދުގެ އިތުބާރު ނެތްކަމަށް ބުނެ މަޖިލީހަށް ވެއްދި މައްސަލައިގެ ބަހުސް ފަށައިފިއެވެ.
އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ އިދިކޮޅު އެމްޑީޕީގެ ފަރާތުންނެވެ.
މި މައްސަލަ އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވަނީ ހަވާލުވެފައިވާ މަސްއޫލިއްޔަތުތަކާއި ޚިލާފުވެ، މަޖިލީހަށް ޖަވާބުދާރީވުމަށް ހުރަސް އަޅަމުންދާތީ ކަމަށް ބުނެއެވެ. އަދި އިޤްތިޞާދީ އިސްލާހުތައް ގެނައުމަށް އެދެވޭ އެއްވެސް ސިޔާސަތެއް ތަންފީޒުކޮށްފައި ނެތުމުގެ ސަބަބުން ޑޮލަރު ލިބުން ދަތިވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 21 ރުފިޔާއަށް ވުރެ މައްޗަށް ގޮސްފައިވުން ހިމެނެއެވެ.
މީގެ އިތުރުން ދައުލަތުގެ މާލީ ހާލަތު ގޯސް ދަނޑިވަޅެއްގައި ރާއްޖޭން ބޭރުގައި ބޭއްވި އިންވެސްޓަރު ފޯރަމްތަކަށާއި މަޝްރޫއުތައް އިފުތިތާހުކުރުމުގެ ރަސްމިއްޔާތު ތަކަށް ދައުލަތުގެ ގިނަ އަދަދެއްގެ ފައިސާއާއި ވަސީލަތްތައް ބޭނުންކޮށްފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
މިއަދު މަޖިލީހުގެ ޖަލްސާއަށް ވަޑައިގަންނަވަމުން ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމަނިކުފާނު ކޮށްފައިވާ ހުވައާއި އެއްގޮތަށް ޒިއްމާތައް ތެދުވެރި ކަމާއި އަމާނާތް ތެރިކަމާއި އެކު އަދާކުރައްވަމުން ގެންދަވާ ކަމަށެވެ.
ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގައި ރާއްޖޭގެ އިޤްތިޞާދު ކޮޅަށް ޖެހުމަށް ރޭވުންތެރިކަމާއިއެކު ހަރުދަނާ މަސައްކަތްތަކެއް ކުރަމުން އަންނައިރު، އިޤްތިސާދީ ވަޒީރު ސަޢީދަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ސަރުކާރުގައި ވެސް އިޤްތިޞާދީ ވަޒީރުކަން ކުރެއްވި ތަޖުރިބާކާރު ވަޒީރެއްކަން ފާހަގަކުރެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)