އުފެއްދުންތެރިކަމުގެ މަޢުރަޒަށް ދެ ލައްކައަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފި

ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒަށް ދެ ލައްކައަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފިއެވެ.
މިކަން ހާމަކުރައްވާ އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު މީސްމީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒަށާއި މޯލްޑިވްސް އެކްސްޕޯ އަށް މިހާހިސާބަށް ޖުމްލަ 205،000 މީހުން ޒިޔާރަތްކޮށްފި ކަމަށެވެ. ވަޒީރު ވިދާޅުވީ އެއީ އެވްރެޖުކޮށް ދުވާލަކު 41،000 މީހުން ކަމަށެވެ.
ސަޢީދު ވިދާޅުވީީ 10އަހަރުގެ މެދުކެނޑުމަކަށްފަހު، 2025 ވަނަ އަހަރު މި މަޢުރަޒާއި އެކްސްޕޯ ވިލުންތެރި ވިސްނުންތަކާއި އެކު ވަރަށް ފުޅާދާއިރާއެއްގައި މިހާރު މިދަނީ ބާއްވަމުން ކަމަށެވެ.
"އަދި އަހަރުން އަހަރަށް މިކަން ކުރާ ގޮތްވެސް މި ގެންދަނީ ތަރައްޤީ ކުރަމުން. ބޭނުމަކީ ކްރިއޭޓިވް އިކޮނޮމީގެ ދާއިރާ އަށް އިތުރު ކުރިއެރުންގެނެސް ރަޢީސް ޑރ. މުޢިއްޒުގެ އަމާޒު ކަމުގައިވާ “ރާއްޖޭގެ އުފެއްދުންތެރިކަމުގެ %15އަކީ ކްރިއޭޓިވް އިކޮނޮމީގެ ހިއްސާ ކަމުގައި 2030ގެ ކުރީން ހެދުން" ވަޒީރު ސަޢީދުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
ސަޢީދު ވިދާޅުވީ އަހަރުން އަހަރަށް މަޢުރަޒު ތަރައްޤީކޮށް ފުޅާކުރުމުގެ ބޭނުމަކީ ކްރިއޭޓިވް އިކޮނޮމީގެ ދާއިރާ އަށް އިތުރު ކުރިއެރުންގެނެސް ރަޢީސް ޑރ. މުޢިއްޒުގެ އަމާޒު ކަމުގައިވާ “ރާއްޖޭގެ އުފެއްދުންތެރިކަމުގެ %15އަކީ ކްރިއޭޓިވް އިކޮނޮމީގެ ހިއްސާ ކަމުގައި 2030ގެ ކުރީން ހެދުން" ކަމަށެވެ.
މިއީ ދިވެހިންގެ ކުޅަދާނަކަމާއި އާދަޔާޚިލާފު މޮޅު މަސައްކަތްތެރިކަމާއި، މަށް ދިވެހި އުފެއްދުންތައް ތަފާތު ދާއިރާތަކުން ފެންނާނެ، އުންމީދީ އަދި ދިވެހިވަންތަ ޕްލެޓްފޯމެއް ކަމަށް ސަޢީދު ކުރިން ވަނީ ވިދާޅުވެފައެވެ.
މި މަޢުރަޒުން ހޮވާލެވުނު ވަނަތަކަށް އިނާމް ދިނުމުގެ ޙަފްލާ ބެއްވި ރޭ ހިމެނޭހެން، ޖުމްލަ 4 ރޭ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޢުރަޒަށް ވަޑައިގެން 11 ގަޑިއިރު، މަޢުރަޒުގެ ބައިވެރިންނާއިއެކު ހޭދަކުރައްވާފައިވެއެވެ. މި 11 ގަޑިއިރުތެރޭ ގާތްގަނޑަކަށް 500އަށްވުރެ ގިނަ ސްޓޯލަށް ވަޑައިގެން 1000އަށްވުރެ ގިނަ އުފެއްދުންތެރިންނާ އެމަނިކުފާނު ސީދާ ބައްދަލުކުރެއްވިއެވެ.
މި މަޢުރަޒުގައި ޖުމްލަ 7 ޑިސްޓްރިކްޓެއް ހިމެނިފައިވާއިރު އޭގެތެރޭގައި މައުރަޒު ޑިސްޓްރިކްޓް، ކްރިއޭޓިވް އިކޮނޮމީ ޑިސްޓްރިކްޓް، ޑިޖިޓަލް ޑިސްޓްރިކްޓް، އެންޓަޓެއިންމެންޓް ޑިސްޓްރިކްޓް އަދި މާކެޓްޕްލޭސް ޑިސްޓްރިކްޓް ތަކުގެ އިތުރުން، މިއަހަރު މުޅިން އަލަށް ވިޒިޓަރ އިކޮނޮމީ އަދި އިންޓަރނޭޝަނަލް ޑިސްޓްރިކްޓް ހިިމެނިފައިވާކަން ފާހަގަ ކުރެވެއެވެ.
439 ދިވެހި ހުނަރުވެރިންނާއި ފަންނުވެރިން، 4,400 އަށްވުރެގިނަ އުފެއްދުން ހުށަހަޅާފައިވާ މި މަޢުރަޒު ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާނީ މި މަހުގެ 26 ން އަންނަ ނޮވެމްބަރު މަހުގެ 2 އަށެވެ.
އިތުރަށް





.gif.gif&w=828&q=100)