ރެކޯޑެއް، މަޢުރަޒުގެ ބައިވެރީންނާއިއެކު ރައީސް ޑރ. މުޢިއްޒު ޖުމްލަ 11 ގަޑިއިރު ހޭދަކުރައްވައިފި

ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގެ ބައިވެރީންނާއިއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޖުމްލަ 11ގަޑިއިރު ހޭދަކުރައްވައިފި ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
އިޤްތިޞާދީ ތަރައްޤީއާބެހޭ ވުޒާރާގެ ބެލުމުގެދަށުން ބާއްވާ "މޯލްޑިވްސް އެކްސްޕޯ 2026" ގެ ނަމުގައި ދިވެހީންގެ އުފެއްދުންތެރި ކަމުގެ މަޢުރަޒު ހުޅުވައިދެއްވީ މި މަހުގެ 26 ވަނަ ދުވަހުގެ ރޭ ރައީސުލްޖުމްހޫރިއްޔާއެވެ.
ސަޢީދު ވިދާޅުވީ މަޢުރަޒުން ހޮވާލެވުނު ވަނަތަކަށް އިނާމް ދިނުމުގެ ޙަފްލާ ބެއްވި ރޭ ހިމެނޭހެން، ޖުމްލަ 4 ރޭ ރައީސުލްޖުމްހޫރިއްޔާ މަޢުރަޒަށް ވަޑައިގެން 11 ގަޑިއިރު، މަޢުރަޒުގެ ބައިވެރިންނާއިއެކު ހޭދަކުރައްވައިފި ކަމަށެވެ. މި 11 ގަޑިއިރުތެރޭ ގާތްގަނޑަކަށް 500އަށްވުރެ ގިނަ ސްޓޯލަށް ވަޑައިގެން 1000އަށްވުރެ ގިނަ އުފެއްދުންތެރިންނާ އެމަނިކުފާނު ސީދާ ބައްދަލުކުރެއްވި ކަމަށް ސަޢީދު ވިދާޅުވިއެވެ.
މި މަޢުރަޒު އިފްތިތާޙްކޮށްދެއްވުމާއި ގުޅިގެން ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "މޯލްޑިވްސް އެކްސްޕޯ 2026" އަކީ ދިވެހިރާއްޖޭގެ ތާރީޚުގައި، ދިވެހިންގެ ފަންނުވެރިކަމާއި އުފެއްދުންތެރިކަން އެއްތަނަކުން ފެންނާނެ އެންމެ ބޮޑު އަދި އެންމެ ކުލަގަދަ ހަރަކާތް ކަމަށާއި މި މަޢުރަޒުގައި، 439 ދިވެހި ހުނަރުވެރިންނާއި ފަންނުވެރިން، 4,400 އަށްވުރެގިނަ އުފެއްދުން ހުށަހަޅާފައިވާ ކަމަށެވެ.
ސަޢީދު ވިދާޅުވީ މިއީ ދިވެހިންގެ ކުޅަދާނަކަމާއި އާދަޔާޚިލާފު މޮޅު މަސައްކަތްތެރިކަމާއި، މަށް ދިވެހި އުފެއްދުންތައް ތަފާތު ދާއިރާތަކުން ފެންނާނެ، އުންމީދީ އަދި ދިވެހިވަންތަ ޕްލެޓްފޯމެއް ކަމަށެވެ.
މި މަޢުރަޒުގައި ޖުމްލަ 7 ޑިސްޓްރިކްޓެއް ހިމެނިފައިވާއިރު އޭގެތެރޭގައި މައުރަޒު ޑިސްޓްރިކްޓް، ކްރިއޭޓިވް އިކޮނޮމީ ޑިސްޓްރިކްޓް، ޑިޖިޓަލް ޑިސްޓްރިކްޓް، އެންޓަޓެއިންމެންޓް ޑިސްޓްރިކްޓް އަދި މާކެޓްޕްލޭސް ޑިސްޓްރިކްޓް ތަކުގެ އިތުރުން، މިއަހަރު މުޅިން އަލަށް ވިޒިޓަރ އިކޮނޮމީ އަދި އިންޓަރނޭޝަނަލް ޑިސްޓްރިކްޓް ހިިމެނިފައިވާކަން ފާހަގަ ކުރެވެއެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާ މި މަޢުރަޒު ކުރިއަށްދާނީ މި މަހުގެ 26 ން އަންނަ ނޮވެމްބަރު މަހުގެ 2 އަށެވެ.
އިތުރަށް





.gif.gif&w=828&q=100)