logologologologo
STO
ޚަބަރު

ހޯމް ސްކޫލިން ޕްރޮގްރާމް ތަޢާރަފް ކުރުމަށް ހުށަހެޅި ބިލު މަޖިލީހުން ބަލައިގެންފި

ހޯމް ސްކޫލިން ޕްރޮގްރާމް ތަޢާރަފް ކުރުމަށް ހުށަހެޅި ބިލު މަޖިލީހުން ބަލައިގެންފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ނޮވެމްބަރު 02

ހޯމް ސްކޫލިން ޕްރޮގްރާމް ތަޢާރަފް ކުރުމަށް ހުށަހެޅި ބިލު މަޖިލީހުން ބަލައިގެންފިއެވެ.

މި ބިލަކީ ނުކުޅުދުންތެރިކަން ހުންނަ ކުދިންނާއި ނަފްސާނީ ޙާލަތު ހުންނަ މިންވަރަށް ބިނާކޮށް، ގޭގައި މަދުރަސީ ތަޢުލީމު ފޯރުކޮށްދިނުމަށް ހޯމް-ސްކޫލިން ޕްރޮގްރާމް ތަޢާރަފް ކުރުމަށް، ތަޢުލީމުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙުގެ ބިލެވެ.

މި ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިޅީހަށް ހުށާހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމްއެވެ.

މި ބިލަކީ ދަރިވަރުގެ ނުކުޅުދުންތެރިކަން ހުރި ނިސްބަތަށް ނުވަތަ ނަފްސާނީ ހާލަތު ހުރި މިންވަރަށް ބަލާ ހަދާ އެސެސްމެންޓެއްގެ މައްޗަށް ބިނާކޮށް، ގޭގައި މަދަރުސީ ތަޢުލީމު ފޯރުކޮށްދިނުމަށް ހޯމް-ސްކޫލިން ޕްރޮގްރާމް ތަޢާރަފްކޮށް، އެ ޕްރޮގްރާމްގެ ދަށުން ކިޔެވުމުގެ ފުރުޞަތު ދިނުމުގެ ޝަރުތުތަކާއި، އުސޫލުތައް ބަޔާންކުރުމުގެ ކަންކަން ހުށަހަޅާފައިވާ ބިލެކެވެ. ބިލުގައި ބުނެފައިވަނީ ޖިސްމާނީ، ނަފްސާނީ އަދި އެނޫންވެސް ޚާއްސަ ހާލަތެއް މެދުވެރިވެފައިވާ ނަމަ ހޯމް ސްކޫލިންގެ ދަށުން ތަޢުލީމު ދެވޭނެކަމަށެވެ.

ބިލަށް ބަހުސްކުރެއްވި ސަރުކަރު މެމްބަރުންވަނީ މި ބިލަކީ ތަޢުލީމީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ހެއްކެއްކަމަށެވެ. މެމްބަރުވް ވަނީ މިއީދަރިވަރުންގެ ހައްޤުތައް ހިމާޔަތްކުރުމަށް މުހިންމު ބިލެއްކަމަށް ވިދާޅުވެފައެވެ. މީގެއިތުރުން މި ބިލާމެދު އިދިކޮޅު ފަރާތްތަކުން ނުރަނގަޅު ތަޞައްވުރެއް އުފައްދަމުންދާތީ އެކަމާ މެދު މެމްބަރުން ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. ރައްޔިތުންނާއި ގުޅުން ހުރި މިފަދަ ބިލަކަށް ބަޙުސްކުރާ އިރު ހަޤީގަތް އޮޅޭގޮތަށް ވާހަކަނުދެއްކުމަށް ވެސް މެމްބަރުން ވަނީ ގޮވާލައްވާފައެވެ.

ބިލުގައި އިތުރަށް ހިމަނާފައިވާ ކަންކަމުގެ ތެރޭގައި މަދުރަސީ ތަޢުލީމުގެ ނިޒާމު ހިންގާ ތަންފީޒު ކުރުމުގައި ބެލެނިވެރިންނާއި، މުދައްރިސުންނާއި، ޕްރިންސިޕަލުންގެ ދަޢުރު އިތުރަށް ތަފްސީލު ކުރުމަށް ހިމަނާފައިވެއެވެ. އަދި ޤާނޫނު ތަންފީޒު ކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް އެ ޤާނޫނަށް ގެންނަންޖެހޭ އިސްލާޙުތައް ގެނައުމަކީ، ބިލުގެ މަޤުސަދެކެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް