logologologologo
STO
ވިޔަފާރި

ނިމިދިޔަ އޮކްޓޯބަރު މަހު މަސްވެރިންނަށް 30 މިލިއަން ރުފިޔާ ދޫކޮށްފި

ނިމިދިޔަ އޮކްޓޯބަރު މަހު މަސްވެރިންނަށް 30 މިލިއަން ރުފިޔާ ދޫކޮށްފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ނޮވެމްބަރު 02

ނިމިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި މިފްކޯއިން މަސްވެރިންނަށް 30 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ދޫކޮށްފައިވާ ކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިފްކޯއިން މިއަދު އާންމުކުރި ހިސާބުތަކަށް ބަލާއިރު، އޮކްޓޯބަރު މަހު ކަޅުބިލަމަސް ކިރައިގެން މަސްވެރިންނަށް ޖުމްލަ 30,007,339 (ތިރީސް މިލިއަން ޝްބައެއް ހާސް ތިނެއްސަތޭކަ ތިރީސްނުވައެއް) ރުފިޔާ ވަނީ ދޫކޮށްފައެވެ. އެއީ ޖުމްލަ 462 ދޯންޏަކުން ކިރުވި 1,354.77 މެޓްރިކް ޓަނުގެ ކަޅުބިލަމަހަށެވެ. މީގެއިތުރުން، 15 ކިލޯއިން މަތީގެ ކަންނެލީގެ 1.23 ޓަނަށް 30,700 ރުފިޔާ ދޫކޮށްފައިވެއެވެ.

މިފްކޯއިން އޮކްޓޯބަރު މަހު 30 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، މިއީ އޭގެ ކުރީ މަސް ކަމަށްވާ ސެޕްޓެމްބަރު މަހު ދޫކުރި 27 މިލިއަން ރުފިޔާއާ އަޅާބަލާއިރު އިތުރުވުމެކެވެ.

މިއަހަރުގެ މިހާތަނަށް އެ ކުންފުނިން އެންމެ ގިނައިން ފައިސާ ދޫކޮށްފައިވަނީ އޭޕްރިލް މަހުގައެވެ. އެ މަހު އެކަނިވެސް 4,414 ޓަނުގެ މަސް ކިރައިގެން މަސްވެރިންނަށް 78.8 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް