logologologologo
STO
ޚަބަރު

ރަޝިއާގެ އެންމެ ބޮޑު އަމިއްލަ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށައިފި

ރަޝިއާގެ އެންމެ ބޮޑު އަމިއްލަ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށައިފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ނޮވެމްބަރު 01

ރަޝިއާގެ އެންމެ ބޮޑު އަމިއްލަ އެއާލައިން ކަމަށްވާ އެސްސެވަން އެއާލައިންއިން ރާއްޖެއަށް ރަސްމީކޮށް ދަތުރުތައް ފަށާފައިވާކަން އެމްއޭސީއެލްއިން ހާމަކޮށްފިއެވެ.

މިދިޔަ ހުކުރު ދުވަހު ފެށި މި ދަތުރުތަކާއެކު، މިއީ ވެރިރަށް މޮސްކޯ ފިޔަވައި ރަޝިއާގެ އެހެން ސަރަހައްދަކުން (ނޮވޮސިބިރްސްކް އިން) ސީދާ ރާއްޖެއަށް ދަތުރުތައް ފެށި ފުރަތަމަ ފަހަރެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ޖެއްސި މި އެއާލައިންގެ ފުރަތަމަ ފްލައިޓަށް ވަނީ ހޫނު މަރުހަބާއެއް ކިޔައި، ވޯޓާ ސެލިއުޓެއް އަރުވާފައެވެ.

ގާތްގަނޑަކަށް 10 ގަޑިއިރަށްވުރެ ދިގު މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ހަފްތާގެ ހޯމަ އަދި ހުކުރު ދުވަހު ކަމަށާއި، މި ރޫޓުގައި ބޭނުންކުރަމުންދަނީ އެއާބަސް އޭ320 މަރުކާގެ ބޯޓުފަހަރު ކަމަށް މައުލޫމާތު ލިބެއެވެ.

ރަޝިއާއަކީ ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުކަމަށްވާއިރު، މި އަހަރުގެ މިހާތަނަށްވެސް އެ ގައުމުން 250،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި ޓުއަރިޒަމް މިނިސްޓްރީން ފާހަގަކުރައްވާފައިވާ ގޮތުގައި، މި އަހަރުގެ ފަހު ކުއާޓަރުގެ ތެރޭގައި އިތުރު ހަތް އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށާނެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް