logologologologo
STO
ޚަބަރު

އެމްޑީޕީއާ ވާދަކޮށް ޕީއެންސީން އެލްޖީއޭ ބޯޑް އިންތިޚާބު ކާމިޔާބުކޮށްފި

އެމްޑީޕީއާ ވާދަކޮށް ޕީއެންސީން އެލްޖީއޭ ބޯޑް އިންތިޚާބު ކާމިޔާބުކޮށްފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޮކްޓޯބަރު 31

އިދިކޮޅު އެމްޑީޕީއާ ވާދަކޮށް ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީން ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭ ބޯޑް އިންތިޚާބު ކާމިޔާބުކޮށްފިއެވެ.

އެލްޖީއޭ ބޯޑަށް އައްޔަނު ކުރާ މެމްބަރުން ކަނޑައެޅުމަށް މިއަދު ބޭއްވި 2 އިންތިޚާބު ވެސް ޕީއެންސީން ވަނީ ކާމިޔާބުކޮށްފައެވެ.

ލާމަރުކަޒީ ޤާނޫނުގެ ދަށުން އެލްޖީއޭގެ ބޯޑަށް 3 މެންބަރުން އިންތިޚާބު ކުރަންޖެހެއެވެ. އެއީ ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރަކާއި ރަށު ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރެއްގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރެވެ.

ސިޓީ ކައުންސިލްގެ ތެރެއިން އިންތިޚާބުކުރަންޖެހޭ މަޤާމަށް ކުރިމަތިލީ ހަމައެކަނި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް ކަމަށްވާތީ އޭނާ ވަނީ އިންތިޚާބަކާއި ނުލައި އެ މަޤާމަށް ހޮވިފައެވެ.

މި އިންތިޚާބުތަކުގައި ވާދަކޮށްފައިވަނީ ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓުންނާއި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން، ރަށު ކައުންސިލަރުންގެ ތެރެއިން އެލްޖީއޭއަށް އިންތިޚާބު ކުރާ މެމްބަރުގެ މަޤާމަށް ޕީއެންސީގެ ޢަލީ އަޙުމަދު 314 ވޯޓުއިންތިޚާބުވެވަޑައިގަތީ އެމްޑީޕީގެ އަލީ ޒާފިރުއާ ވާދަކުރައްވައިގެންނެވެ. ޢަލީ ޒާފިރުއަށް ލިބިވަޑައިގަތީ 227 ވޯޓެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އެލްޖީއޭއަށް އިންތިޚާބުވެވަޑައިގަތީ ޕީއެންސީގެ މަރިިޔަމް ޒީނާ، 93 ވޯޓުންނެވެ. އޭނާއާ ވާދަކުރެއްވީ އެމްޑީޕީގެ މަރިޔަމް ނީނާއެވެ. ނީނާއަށް ލިބިވަޑައިގަތީ 67 ވޯޓެވެ.

 

View post on Twitter

 

މި އިންތިޚާބުތަގައި ވޯޓުލުމުގެ ޙައްގު 807 ފަރާތަކަށް ވަނީ ލިބިފައެވެ. އެއީ ކައުންސިލްތަކުގެ 625 ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ 182 ރައީސުންނަށެވެ.

މި އިންތިޚާބުތަކުގެ ދާއިމީ ނަތީޖާ 3 ނޮވެމްބަރުގައި އިއުލާންކުރާނެ ކަމަށް އެލްޖީއޭއިން ބުންޏެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް