2028ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް ދޭން ޕީއެންސީގެ ކޮންގްރެސްގެ އިއްތިފާގުން ފާސްކޮށްފި

2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރިޔާސީ ޓިކެޓް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އެރުވުމަށް އެ ޕާޓީގެ ކޮންގްރެސްއިން އިއްތިފާގުން މިއަދު ފާސްކޮށްފިއެވެ. 1،300 އަށްވުރެ ގިނަ މަންދޫބުންނާއެކު ކުރިއަށްދާ މި ކޮންގްރެސްގައި މި ގަރާރު ފާސްވެގެން ދިޔައީ ވޯޓުގައި ބައިވެރިވި 1،119 މަންދޫބުންގެ އިއްތިފާގުންނެވެ.
މި ގަރާރަކީ ފުވައްމުލަކު ދެކުނު ދާއިރާގެ ހާއްސަ މަންދޫބު އަބްދުﷲ އިބްރާހީމް ހުށަހެޅުއްވި ގަރާރެކެވެ. ގަރާރުގައި ބަޔާންކޮށްފައިވަނީ ރައީސް މުޢިއްޒު ޤައުމަށް ކޮށްދެއްވަމުންwait ގެންދަވާ ޚިދުމަތްތައް މެދުކެނޑުމެއްނެތި ކުރިއަށްގެންދިއުމަށްޓަކައި އެމަނިކުފާނަށް ދެވަނަ ދައުރެއް ހައްޤުވާ ކަމަށާއި، އެއީ ޕާޓީގެ މެންބަރުންނާއި ރައްޔިތުން އެދޭގޮތް ކަމަށެވެ. އަދި ޕާޓީގެ އަސާސީ ޤަވާއިދުގައިވާ ގޮތުން، ޕާޓީގެ މެންބަރަކު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުންނަވައި ދެވަނަ ދައުރަކަށް ކުރިމަތިލައްވަން އެދިވަޑައިގެންފިނަމަ، އިތުރު ޕްރައިމަރީއަކާ ނުލައި ޓިކެޓް އަރުވަންޖެހޭކަންވެސް ގަރާރުގައި ފާހަގަކޮށްފައިވެއެވެ.
އަތްހިއްލައިގެން ނެގުނު މި ވޯޓުގެ ކުރިން، ގަރާރަށް ބަހުސްކުރުމަށް އެއްގަޑިއިރުގެ ފުރުސަތެއް ހުޅުވާލެވުނެވެ. ބަހުސްގައި ވާހަކަދައްކަވަމުން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވީ، މަޖިލީހުގެ 73 މެންބަރުންގެ އެދިވަޑައިގެންނެވުމުގެ މަތިން ރައީސް މުޢިއްޒަށް 2028ގެ ޓިކެޓް އަރުވަން ތާއީދުކުރައްވާ ކަމަށެވެ. މީގެއިތުރުން ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފާއި، ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދުވެސް ވަނީ ގަރާރަށް ތާއީދުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.
ޖަލްސާގެ ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މިއަދު ފާސްވެގެން މިދިޔަ ގަރާރަކީ ޕީއެންސީގެ މުޅި ކޮންގްރެސްގައިވެސް ނިންމުނު އެންމެ މުހިންމު އަދި ތާރީޚީ ނިންމުން ކަމަށެވެ.
އިތުރަށް




.gif.gif&w=828&q=100)