logologologologo
STO
ޚަބަރު

ޕީއެންސީގެ ނައިބު ރައީސަކަށް ރާފިއު، ޝިޔާމް، ސައުދާ، ޝުޖާއު، ސައީދު، މުންދު

ޕީއެންސީގެ ނައިބު ރައީސަކަށް ރާފިއު، ޝިޔާމް، ސައުދާ، ޝުޖާއު، ސައީދު، މުންދު
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ސެޕްޓެމްބަރު 16

ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސުންގެ މަޤާމަށް ހަ ބޭފުޅަކު މިއަދު އިންތިޚާބުކޮށްފިއެވެ.

ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށްދާ ޕީއެންސީގެ މަތީ މަޖިލީހުގައި ނެގުނު ވޯޓުގައި، ނައިބު ރައީސްކަމުގެ މަޤާމަށް ޖުމްލަ އަށް ބޭފުޅަކު ވާދަކުރެއްވިއެވެ. އޭގެ ތެރެއިން އިންތިޚާބު ކާމިޔާބު ކުރެއްވި ހަ ބޭފުޅުންނަކީ:

  1. އަބްދުﷲ ރާފިއު – ސްޕޯޓްސް މިނިސްޓަރު (968 ވޯޓު)
  2. އަހުމަދު ޝިޔާމް – ފިޝަރީޒް މިނިސްޓަރު (964 ވޯޓު)
  3. ފާތިމަތު ސައުދާ – ނިލަންދޫ ދާއިރާގެ މެމްބަރު (923 ވޯޓު)
  4. އިބްރާހިމް ޝުޖާއު – ބާރަށު ދާއިރާގެ މެމްބަރު (862 ވޯޓު)
  5. މުހައްމަދު ސައީދު – އިކޮނޮމިކް މިނިސްޓަރު (833 ވޯޓު)
  6. މުހައްމަދު ހުސެއިން ޝަރީފް (މުންދު) – ސަރުކާރުގެ އިސް ތަރުޖަމާނު (780 ވޯޓު)

މި އިންތިޚާބުގައި އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ކުރި ހޯއްދެވީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ޝިޔާމް ހޯއްދެވިއިރު، ތިންވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ ސައުދާއަށެވެ.

މި މަޤާމަށް ވާދަކުރެއްވި ބޭފުޅުންގެ ތެރެއިން އިންތިޚާބު ކާމިޔާބުނުވި ދެ ބޭފުޅުންނަކީ 301 ވޯޓު ހޯއްދެވި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ މުހައްމަދު ނިމާލް އާއި، 228 ވޯޓު ހޯއްދެވި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދެވެ.

މާލެއާއި ރާއްޖޭގެ ތަފާތު ކަންކޮޅުތަކުން 1،300 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާ ޕީއެންސީގެ މަތީ މަޖިލިސް އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މިއަދުގެ ޖަލްސާގައި މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ ޕާޓީގެ އެކި ގުނަވަންތަކަށް ބޭފުޅުން އިންތިޚާބުކުރުމުގެ ވޯޓު ނެގުމުގެ މަސައްކަތްތަކެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް