ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ ތިންވަނަ ކޯސް އިފުތިތާޙުކޮށްފި

ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ ތިންވަނަ ކޯސް އިފުތިތާޙުކޮށްފިއެވެ.
ދިފާޢީ ވުޒާރާއިން ބުނީ ބ. ކިހާދޫގައި ހުންނަ އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައި މިކަމަށް ޓަކައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި މި ތަމްރީން ޕްރޮގްރާމް އިފުތިތާޙުކޮށްދެއްވީ، އެމްއެންޑީއެފް ސަރވިސް ކޯރގެ ކޮމަޑާންޓް، ބްެރިގޭޑިއަރ ޖެނެރަލް މުޙައްމަދު އިބްރާހީމް ކަމަށެވެ.
މިއަދު އިފުތިތާޙުކުރެވުނު ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3ވަނަ ކޯހުގައި، ރާއްޖޭގެ 17 އަތޮޅުތަކުން 84 ދަރިވަރުން ބައިވެރިވެފައިވެއެވެ. މީގެތެރޭގައި 64 ފިރިހެން ދަރިވަރުންނާއި، 20 އަންހެން ދަރިވަރުން ހިމެނެއެވެ.
މި ދަރިވަރުންނަކީ ސްކޫލް އޮފް އިންޖިނިއަރިންގ އެންޑްް ލޮޖިސްޓިކްސްއަށް މިހިނގާ އޮކްޓޫބަރު 12ވަނަ ދުވަހު ދިޔަ ދަރިވަރުންނެވެ.
ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމްގައި، މެރިން އިންޖިނިއަރިންގއާއި، ރެފްރިޖެރޭޝަން އެންޑް އެއާ ކޮންޑިޝަނިންއާއި، ވެލްޑިން އެންޑް މެޓަލް ފެބްރިކޭޝަނާއި، އޮޓޯމޯބައިލް އިންޖިނިއަރިންއާއި، އިލެކްޓްރީޝަން އަދި އޮފީސް މެނޭޖްމަންޓް ފަދަ ސިނާއީ ދާއިރާތަކުގެ ހުނަރުތައް އުނގަންނައިދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރުމުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އެޕްރޫވްޑް، ލެވެލް 3ގެ ސެޓިފިކެޓެއް ހާސިލުކުރެވޭނެއެވެ.
މި ޕްރޮގްރާމްގައި ކިޔަވައިދެއްވާނީ ފަންނީ ތަފާތު ދާއިރާތަކުގައި ގިނަ ދުވަހު ޢަމަލީ މަސައްކަތް ކުރައްވާފައިވާ ސިފައިންގެ ތަޖުރިބާކާރު އިންސްޓްރަކްޓަރުންނެވެ.
މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް އިސްކަންދެއްވާ ޕްރޮގްރާމެކެވެ. އެމަނިކުފާނު ގެންދަވަނީ މި ޕްރޮގްރާމުގެ ކަންކަން ވަރަށް ގާތުން ބައްލަވަމުންނެވެ. އަދި ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީން ޕްރޮގްރާމަކީ ރައީސް ޑރ. މުޢިއްޒުގެ އިސްނެންގެވުމަށް ސަރުކާރުން ކުރިއަށް ގެންދާ ވަރަށް ކާމިޔާބު ޕްރޮގްރާމެއްކަން ފާހަގަކުރެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)