logologologologo
STO
ޚަބަރު

ވަޠަނީ ޚިދުމަތުގެ ސްކިލް ޓްރޭނިން 2 ވަނަ ބެޗުން 45 ރަށަކަށް ނިސްބަތްވާ 73 ދަރިވަރުން ދަސްވެނިވެއްޖެ

ވަޠަނީ ޚިދުމަތުގެ ސްކިލް ޓްރޭނިން 2 ވަނަ ބެޗުން 45 ރަށަކަށް ނިސްބަތްވާ 73 ދަރިވަރުން ދަސްވެނިވެއްޖެ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޮކްޓޯބަރު 03

ދިވެހި ވަޠަނީ ޚިދުމަތުގެ ސްކިލް ޓްރޭނިން 2 ވަނަ ބެޗުން 45 ރަށަކަށް ނިސްބަތްވާ 73 ދަރިވަރުން ދަސްވެނިވެއްޖެއެވެ.

ވަޠަނީ ޚިދުމަތުގެ ސްކިލް ޓްރޭނިން ދެވަނަ ބެޗުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާްވާފައި ވަނީ މިއަދުއެވެ.

ބ. ކިހާދޫގައި ހުންނަ އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައި މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ 16 ހަފްތާގެ މުއްދަތަށެވެ.

މިތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްދީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު ޙަސަން ރަޝީދުއެވެ.

ތަފާތު 6 ދާއިރާއަކުން ރާއްޖޭގެ 16 އަތޮޅެއްގެ 45 ރަށަކަށް ނިސްބަތްވާ 73 ޒުވާނުން މިތަމްރީން ޕްރޮގްރާމުން މިއަދު ދަސްވެނިވެފައިވާ ކަމަށް ޤައުމީ ދިފާޢީ ވުޒާރާއިން ބުންޏެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިފާޢީ ވަޒީރު ވިދާޅުވީ ޒުވާނުން ޒިންމާދާރުކުރުމަށް ކުރި މަސައްކަތުގެ ނަތީޖާ ރަނގަޅުކަމަށާއި ޒުވާނުންނަކީ ހުލްގުހެޔޮ ޒިންމާދާރުބަޔަކަށް ހެދުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

 

View post on Twitter

 

އެގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރ 1ގައި ފެށި ވަޠަނީ ޚިދުމަތަށް މިދިޔަ ބުރާސްފަތި ދުވަހު އަހަރެއް ފުރިފައިވާކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެ ޕްރޮގްރާމާމެދު ކަނޑައެޅި ލަނޑުދަނޑިއަށް ވުރެ އިތުރަށް ޙާޞިލްވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަމާޒަކީ ވަޠަނީ ޚިދުމަތުގެ ތެރެއިން، 1 އަހަރު ތެރޭގައި 1000 ދަރިވަރުން ތަމްރީންކުރުންކަމަށާ، ނަމަވެސް 1 އަހަރު ދުވަސްތެރޭ 1028 ބައިވެރިން ތަމްރީނުކޮށްފައިވާކަމަށް ވަޒީރު ވިދަޅުވިއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް