ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގ 4 ވަނަ ބެޗު ފަށައިފި

ދިވެހި ވަޠަނީ ޚިދުމަތުން ކުރިއަށް ގެންދާ ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގ 4 ވަނަ ބެޗު 351 ދިވެހި ޒުވާނުންނާއެކު ފަށައިފިއެވެ.
ދިފާޢީ ވުޒާރާއިން ބުނީ ޅ.މާފިލާފުށީގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރުގައި ކަމަށެވެ.
ޖުމްލަ 14 ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ތަމްރީނު ބެޗުގައި، ރާއްޖޭގެ 20 އޮތޮޅުން 126 ރަށަކަށް ނިސްބަތްވާ 287 ފިރިހެން އަދި 64 އަންހެން ދަރިވަރުން ބައިވެރި ވެފައިވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގ އަކީ ދިވެހި ވަޠަނީ ޚިދުމަތާ އަލަށް ގުޅޭ މެމްބަރުންނަށް އަމާޒުކޮށްގެން ހިންގާ ތަމްރީނެކެވެ. މި ތަމްރީނުގައި، ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތު ކަމާއި، ދީނީ ތަރުބިއްޔަތާއި އަޚްލާޤާއި ސުލޫކު، ލީޑަރޝިޕް، އަދި ހަށިހެޔޮކަމުގެ ގެ އިތުރުން ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާނެ ތަފާތު އެތައް ދާއިރާއަކުން މި ޒުވާނުންނަށް ތަމްރީނު ދެވޭނެއެވެ.
މި ތަމްރީނުގެ އެންމެ ބޮޑު އެއް އަމާޒަކީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމެވެ. ދިވެހި ވަޠަނީ ޚިދުމަތުގެ ޙަރަކާތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަކީ، ސަރުކާރުގެ ޒުވާނުން ބިނާކުރުމާ ގުޅޭ އެންމެ މުހިންމު އެއް ސިޔާސަތެވެ.
ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް ކުރިއަށް ގެންދާ ވަރަށް ކާމިޔާބު ޕްރޮގްރާމެއްކަން ފާހަގަ ކުރެވެއެވެ. އެ ޕްރޮގްރާމް ފެށިފަހުން މި މަހުގެ 2 ވަނަ ދުވަހު އެއް އަހަރު ފުރިފައިވާއިރު، މިހާތަނަށް 1000 އަށްވުރެ ގިނަ ދަރިވަރުން ވަނީ ތަމްރީނުކޮށްފައެވެ.
އިތުރަށް





.gif.gif&w=828&q=100)