ރަސްމާލޭގެ މައްޗަށް ހިނގާނީ ރާއްޖޭގެ ސިޔާދަތު، އެހެން ދީނެއްގެ ޝިއާރު ފާޅުނުކުރެވޭނެ: ރައީސް

ރަސްމާލޭގައި އީގަލް ހިލްސް ކުންފުނިން ތަރައްގީކުރާ މޯލްޑިވް ވޯޓާ ފްރަންޓް އެންޑް މެރީނާގައި އިސްލާމްދީން ނޫން އެހެން ދީންތަކުގެ ޝިއާރުތައް ފާޅުކުރުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ކުރިއަށްގެންދާ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ދެއްވި ޖަވާބުގައި ރައީސް ވިދާޅުވީ ރަސްމާލޭގައި ބިދޭސީންގެ ބޮޑު އާބާދީއެއް ގާއިމުކުރެވި އެތަނުގައި އެހެން ދީންތަކުގެ ޝިއާރުތައް ފާޅުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވާހަކަދައްކަނީ ސިޔާސީ މަގުސަދެއްގައި އެ މަޝްރޫއުގެ އަގުވައްޓައިލުމަށް މަސައްކަތްކުރާ މީހުން ކަމަށެވެ.
ރަސްމާލެއަކީ ރާއްޖޭގެ ސިޔާދަތީ ބާރުވެރިކަން ހިނގާ ސަރަހައްދުގައި އޮތް ބިމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ބިމަކީ ހުރިހާ ގޮތަކުން ރާއްޖޭގެ އިމުގެ ތެރޭގައި އޮތް އެތަނުގެ މައްޗަށް ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތައް ހިނގާނެ ތަނެއް ކަމަށެވެ.
"އެހެންވީމާ ދިވެހި ދައުލަތުގެ ގާނޫނުއަސާސީ މިތަނަށް ހިނގާނީ. ގާނޫނުއަސާސީ ވަރަށް ސާފު. އެހެންވީމާ އެއްގޮތަކަށްވެސް ފުރުސަތެއް އޮތްކަމެއް ނޫން، އެހެން ދީނެއް ޕްރެކްޓިސްކުރުން އެތަނުގައި، ނުވަތަ އެހެން ދީނެއްގެ މީހުން އެމީހުންގެ ދީނީ ކަންކަން ކުރުމަށްޓަކައި އެކި ކަހަލަ ކަންކަން ހިންގުމަށް ފުރުސަތު ދިނުމަކީ ދިވެހި ދައުލަތުގެ އިމުގެ ތެރޭގައި ހިނގާނެ ކަމެއް ނޫން އަދި ހިންގޭނެ ކަމެއްވެސް ނޫން،" ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި ގާތްގަނޑަކަށް ހުރިހާ ވަގުތެއްގައި 200،000 އެއްހައި ޓޫރިސްޓުން އުޅޭކަމަށާއި، އެއްވެސް ރިސޯޓެއްގައި އެހެން ދީނެއްގެ އަޅުކަންކުރާ އިމާރާތެއް ނުހުންނަކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގައި މަސައްކަތްކުރުމަށާއި އެހެނިހެން ބޭނުންތަކަށް ގިނަ އަދަދެއްގެ ބިދޭސީން އުޅޭއިރު އެމީހުންނަށްވެސް ރާއްޖޭގައި އެމީހުންގެ ދީނުގެ އަޅުކަންކުރުމުގެ ފުރުސަތު ދީފައި ނޯންނަކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ފަސްގަނޑުގައި އެހެން ދީނެއްގެ ޝިއާރުތައް ތަންފީޒުކުރަން ފުރުސަތު ދުވަހަކުވެސް ނުލިބޭނެ ކަމަށެވެ.
އިތުރަށް އެމަނިކުފާނު ފާހަގަކުރެއްވީ ރަސްމާލޭގައި އީގަލް ހިލްސްއިން މަޝްރޫއު ހިންގާ 500 ހެކްޓަރުގެ ސަރަހައްދުގައި ސްކޫލެއްވެސް ނުހުންނާނެ ކަމެވެ. އެތަނުގައި ދިވެހި ފުލުހުންގެ މަރުކަޒެއް ހުންނާނެކަމަށާއި، އެތަނަކީ ރާއްޖެއިން ބޭރުގެ ތަނެއްކަމަށް ދައްކަން ވާހަކަތަކަކީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ދައްކާ ވާތަކަެއް ކަމަށެވެ.
ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައިވެސް އޮންނާނީ އިސްލާމްދީންކަމަށާއި ދިވެހި ކޮންމެ ވެލި ފުކެއްގެ މައްޗަށް ހިނގާނީ ރާއްޖޭގެ ގާނޫނުއަސާސީއާއި ދިވެހިރާއްޖޭގެ ގާނޫނުތައް ކަމުގެ ޔަގީންކަން ރައީސް ތަކުރާރުކޮށް ދެއްވާފައިވެއެވެ.
އިތުރަށް





.gif.gif&w=828&q=100)