އީގަލް ހިލްސްއާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ދަނީ ކުރިއަށް: ތަރުޖަމާނު

ރަސްމާލެ ތަރައްގީކުރުމަށް ޔޫއޭއީގެ ކުންފުނި އީގަލް ހިލްސްއާއެކު ވެވޭ މައިގަނޑު އެއްބަސްވުމުގައި ސޮއިކުރުމަށް ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ އެންމެހައި މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް، މުންދު ވިދާޅުވެއްޖެއެވެ.
މުންދު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އަންނަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ކުރިން އެ އެއްބަސްވުމުގައި ސޮއިކުރުން ކަމަށެވެ.
ތަރުޖަމާނު ވިދާޅުވީ، އީގަލް ހިލްސްއާ އެކު ކުރިއަށްދާ އެއްބަސްވުމާ ގުޅޭގޮތުން އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވެސް މީގެ ކުރިން މައުލޫމާތު ހާމަކުރައްވާފައިވާނެ ކަމަށާއި އެގޮތުން، ކޮމާޝަލް ޓާމްސް އެގްރީމެންޓާއި، އެމްއޯޔޫ އަދި ލެޓަރ އޮފް އިންޓެންޓް (އެލްއޯއައި) ގެ މަރުހަލާތަކަށްފަހު، މިހާރު ކުރިއަށްދަނީ މި މަޝްރޫއުގެ ރަސްމީ މައިގަނޑު އެއްބަސްވުން އެކުލަވާލުމާއި ޤާނޫނީ އިޖުރާއާތުތައް ފުރިހަމަކުރުމުގެ މަސައްކަތް ކަމަށެވެ.
ތަރުޖަމާނު އިތުރަށް ވިދާޅުވި ގޮތުގައި، ސަރުކާރުގެ ވިސްނުމަކީ ވީހާވެސް އަވަހަކަށް، ނުވަތަ ނޮވެމްބަރު 11 ވަނަ ދުވަހުގެ ކުރިން ނުވަތަ އެ ދުވަހާ ހަމައަށް މި އެއްބަސްވުމުގައި ސޮއިކޮށް އެއްކޮށް ނިންމާލުމެވެ.
އިތުރަށް





.gif.gif&w=828&q=100)