ސަލަފްގެ ރައީސް، ޖަމީލަށް: އަތްކެނޑުމުގެ ހައްދު އުވާލައި ޖިނާއީ ގާނޫނު އިސްލާމީ ޝަރީއަތާ ބީރައްޓެހި މިސްރާބަކަށް ބަދަލުކުރީ ޖަމީލުގެގެ ހިއްސާއާއެކު

ޖިނާއީ ގާނޫނު އިސްލާމީ ޝަރީއަތާ ބީރައްޓެހި މިސްރާބަކަށް ބަދަލުކުރީ ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދުގެ ހިއްސާއާއެކުގައިކަމަށް ވިދާޅުވެ ސަލަފް ޖަމިއްޔާގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގާ މަޝްރޫއު ސަލަފް ޖަމިއްޔާއިން ދިރާސާކުރަމުން އަންނަކަމަށް ބުނެ ރާއްޖޭގެ ނޫހެއްގައި ޝާއިއުކުރި ހަބަރަކާއެކު ޑރ. ޖަމީލް ވަނީ ވައްކަމާ ގުޅިގެން މާތް ނަބިއްޔާ ހަދީސްކުރައްވާފައިވާ ހަދީސްބަސްފުޅެއް ހިއްސާކޮށްފައެވެ. އަދި ސަލަފް ޖަމިއްޔާއިން މި މައްސަލައިގައި ގޮތެއް ނިންމާނީ އާއިލީ ގުޅުމަށް ބަލާފައިކަމަށް ދޭހަވާ މޭރުމަކުން ޖަމީލް ވަނީ ވާހަކަދައްކަވާފައެވެ.
ޖަމީލަށް ރައްދު ދެއްވައި ޝެއިޚް އަބްދުﷲ ވިދާޅުވީ ދިވެހިރާއްޖޭގެ ޖަސްޓިސް މިނިސްޓަރުކަމާ، ހާއްސަ މަޖިލީހުގެ މެންބަރުކަމާ، ގައުމުގެ ނައިބު ރައީސް ކަމުގައި ހުންނެވިއިރު މި ހަދީސުގެ މަތިން ޖަމީލް ހަނދުމަފުޅު ނެތްތޯ ސުވާލު އުފައްދަފާއެވެ. އަދި އަތްކެނޑުމުގެ ހައްދު އުވާލައި ޖިނާއީ ގާނޫނު އިސްލާމީ ޝަރީއަތާ އެންމެ ބީރައްޓެހި މިސްރާބަކަށް ފަރުމާކުރެއްވީ ވެސް ޖަމީލުގެ އާރުކާޓީގެ ހިއްސާއާ އެކުގައިކަމަށް ޝެއިޚް ވިދާޅުވިއެވެ. މީގެ އިތުރުން ކޯޓުތަކަށް މޫނުބުރުގާ އަޅައިގެން ކަނބަލުން ވަނުން މަނާ ކުރެއްވީ ވެސް ޖަމީލުގެ ބާރުވެރިކަމުގައި ކަންވެސް ޝެއިޚް ވަނީ ހަނދާންކޮށްދެއްވާފައެވެ.
ރަސްމާލެ މަޝްރޫއުން 500 ހެކްޓަރުގެ ބިން، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) ގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމާ ދެކޮޅަށް ސަރުކާރާ ވާދަވެރިން ތަފާތު ވާހަކަތައް ފަތުރަމުން އަންނައިރު މި އެއްބަސްވުން ބާތިލުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައި ނުގަތުމަށް ކޯޓުން ވަނީ ނިންމާފައެވެ.
ރަސްމާލެ މަޝްރޫއުގެ ދަށުން ތަރައްގީކުރާ އެއްވެސް ޕްރޮޕަޓީއެއް، އިސްރާއީލުގެ ރައްޔިތުންނަށާއި އެ ގައުމާ ގުޅުންހުރި ކުންފުނިތަކަށް ނުގަނެވޭނެ ގޮތަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާނެކަމުގެ ޔަގީންކަން ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު އަބްދުﷲ މުއްތަލިބް ވަނީ ދެއްވާފައެވެ.
އިތުރަށް





.gif.gif&w=828&q=100)