ދިވެހިރާއްޖޭގެ ސަރަހައްދުގެ ކޮންމެ އިންޗިއަކަށް ދިވެހި ދައުލަތުގެ ސިޔާދަތީބާރު ހިންގާނެ: އިޙުސާން

ދިވެހިރާއްޖޭގެ ސަރަހައްދުގެ ކޮންމެ އިންޗިއަކަށް ދިވެހި ދައުލަތުގެ ސިޔާދަތީބާރު ހިންގާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ.
ރަސްމާޅޭގައި ހިންގަން އުޅޭ މަޝްރޫޢާ ދެކޮޅަށް ވާހަކަ ދައްކަވާ ބައެއް ފަރާތްކުން ބުނަމުން ދަނީ ރަސްމާލެ މަޝްރޫޢަކީ ރާއްޖޭގެ އިސްލާމީ ވަޙުދަތަށް އޮތް ނުރައްކަލެއް ކަމަށާއި ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ ބަދަލުގައި އީގަލް ހިލްސްގެ ވެރިޔާ އަލްޢައްބާރުގެ އަމިއްލަ ސެކިއުރިޓީއަށް މުޅި ރަސްމާލެ ދީފައި އޮތްއޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
މި ވާހަކަތަކަށް ރައްދު ދެއްވަމުން އިޙުސާ ސޯޝަލްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ ސަރަހައްދުގެ ކޮންމެ އިންޗިއަކަށް ދިވެހި ދައުލަތުގެ ސިޔާދަތީބާރު ހިންގާނެ ކަމަށާއި އަދި ރާއްޖޭގެ ސަރަހައްދަށް ދިވެހިރާއްޖޭގެ ސަލާމަތީބާރުތަކުގެ ޤާނޫނީ ފުރިހަމަ ބާރު އޮންނާނެ ކަމަށެވެ.
"މި ނޫންގޮތަކަށް އަދުގެ ސަރުކާރުން އެއްވެސް ނިންމުމެއް ނުނިންމާނެ. އަޅުގަނޑަކީވެސް މިރާއްޖެ ދިފާއުކުރުމަށް ފުރާނަ ދޫކޮށްލުމަށް ހުވާކޮށްގެން ހުރި މީހެއް. މިގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ކިރިޔާވެސް ގެއްލުމެއް ލިބިދާނެފަދަ އެއްވެސްކަމެއް މިސަރުކާރުން ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންޖަން އަރުވަން.: އެ މެސެޖުގައި ވަޒީރު އިޙުސާން ވިދާޅުވެފައިވެއެވެ.
ވަޒީރު ވިދާޅުވީ ރަސްމާލޭގެ އެއްބައިގައި ހިންގަން އުޅެނީ ވިޔަފާރިއުސޫލުން ކުރިއަށްގެންދާ ޕްރޮޖެކްޓެއް ކަމަށާއި ފަތުރުވެރިކަމާއި ދަނޑުވެރިކަމާއި ސިނާއީ މަސައްކަތަށް ދޫކޮށްފައިވާ 200 އަށްވުރެ ގިނަ ރަށް މިހާރުވެސް އޮތް އިރު، މިހުރިހާ ރަށެއްގައިވެސް ސެކިއުރިޓީ ބަލަހައްޓަމުންދަނީ އެބަޔަކު އަމިއްލަޔަށް ކަމަށެވެ. އަދި ރަސްމާލެ ވެސް މިގޮތުން ތަފާތެއްނުވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ މި ހުރިހާތާކުވެސް ދިވެހި ފުލުހުންގެ ޤާނޫނީ ވާޖިބު އަދާކުރަންޖެހޭ ޙާލަތެއް އައިސްފިނަމަ ފުލުހުން އެކަން ކުރައްވާ ކަމަށާއި ރަސްމާލޭގައިވެސް އެކަން ކުރައްވާނެ ކަމަށެވެ. އަދި ޕްރޮޖެކްޓްގެ ބާވަތުން އެމަސައްކަތް ކުރަން ޖެހެނީ އެރަށުގައި ޤާއިމުވެތިބެގެން ކަމަށްވާނަމަ އެކަން ކުރާނީ އެގޮތަށް ކަމަށާއި އެކަމަކަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް އިޙުސާން ވިދާޅުވިއެވެ.
ރަސްމާލެ ޕްރޮޖެކްޓާއި ގުޅުވައިގެން ރައްޔިތުންގެތެރޭ ފިތުނަފަސާދަ އުފެދޭނެހެން ދޮގުވާހަކަ ފަތުރަމުން ދަާއިރު ޤައުމީ ސަލާމަތާއި ގުޅޭކަންކަމުގައި ދޮގު ވާހަކަ ނުފެތުރުމަށް އެދިލައްވަމުން ވަޒީރު ވަނީ ކަންކަމުގެ މަޢުލޫމާތު ނެތްނަމަ އެ މަޢުލޫމާތު އެނގޭފަރާތްތަކުން ސާފުކުރުމަށް އެދިވަޑައިގެންފައެވެ.
އިތުރަށް





.gif.gif&w=828&q=100)