11 ރަށެއްގައި އައިސްޕްލާންޓު އެޅުމަށް މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކޮށްފި
ރާއްޖޭގެ 11 ރަށެއްގައި ދުވާލަކު 30 ޓަނުގެ އައިސް އުފެއްދޭ ފެންވަރުގެ އައިސްޕްލާންޓްތަކެއް ގާއިމުކުރުމަށްޓަކައި މެލޭޝިއާގެ އަލްޓަސް އޮއިލް އެންޑް ގޭސް މެލޭޝިއާ އެސް.ޑީ.އެން ބީ.އެޗް.ޑީ އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މާގިރި ހޮޓެލްގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މަސްވެރިކަމާއޮ ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބެވެ.
ޑިޒައިން، ބިލްޑް އަދި ސަޕްލައި އުޞޫލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ ދަށުން އައިސްޕްލާންޓް ގާއިމުކުރުމަށް ހަމަޖެހިފައިވާ ރަށްތަކަކީ:
- ހއ. ދިއްދޫ
- ހދ. ކުޅުދުއްފުށި
- ށ. ކޮމަންޑޫ
- ކ. ގާފަރު
- އއ. ރަސްދޫ
- މ. މުލައް
- ދ. ހުޅުދެލި
- ގއ. ވިލިނގިލި
- ގއ. މަމެންދޫ
- ގއ. ނިލަންދޫ
- ގދ. ރަތަފަންދޫ
މި މަޝްރޫޢުގެ ދަށުން، ކޮންމެ ރަށެއްގައިވެސް ދުވާލަކު 30 ޓަނުގެ އައިސް އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ ޓިއުބް އައިސްޕްލާންޓް ފަރުމާކުރުމާއި، ބޭނުންވާ އެންމެހައި އިކުއިޕްމަންޓް ފޯރުކޮށްދިނުން ހިމެނެއެވެ. އަދި ރާއްޖޭގެ ކަނޑުގެ މާހައުލާ ގުޅޭގޮތަށް، ލޮނުފެން ބޭނުންކޮށްގެން ފިނިކުރާ ނިޒާމު ހިމެނުމުގެ އިތުރުން، ޕްލާންޓްތައް ބިނާކޮށް، އިންސްޓޯލްކޮށް، ޓެސްޓްކުރުމަށްފަހު އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ކުރިއަށްދާނީ މި އެއްބަސްވުމުގެ ދަށުންނެވެ.
މީގެއިތުރުން، ވޮރަންޓީއާއި އާފްޓަރ-ސޭލްސް ހިދުމަތްތައް ފޯރުކޮށްދިނުމާއި، މަޝްރޫއު ހިންގުމަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކޮށް ސަރުކާރާ ހަވާލުކުރުމުގެ ކަންކަންވެސް އެ ކުންފުނިން ވިލަރެސްކުރާނެއެވެ.
މަސްވެރިންނަށް އެންމެ އެކަށޭނަ އަގުގައި، ފަސޭހަކަމާއެކު އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އެގޮތުން، މި މަޝްރޫއު ފުރިހަމަވުމާއެކު، އައިސް ހޯދުމަށް މަސްވެރިން ކުރަންޖެހޭ ދަތުރުތަކާއި ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަވެ، ތާޒާކަމާއެކު މަސް ބެހެއްޓުމަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ.
އިތުރަށް





.gif.gif&w=828&q=100)