logologologologo
STO
ޚަބަރު

ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރަމުންދާ ސައީދު އާއި މިނިސްޓަރ އިހުސާން ބައްދަލުކުރައްވައިފި

ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރަމުންދާ ސައީދު އާއި މިނިސްޓަރ އިހުސާން ބައްދަލުކުރައްވައިފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 އޮކްޓޯބަރު 18

ތަކުރާރުކޮށް މީހުންނަށް ގޯނާކޮށް އުނދަގޫ ކުރަމުން ގެންދާ މީހެއްގެ މައްސަލަ ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެންނަން  ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރަމުންގެންދާ މުހައްމަދު ސައީދު އާއި، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ބައްދަލު ކުރައްވައިފި އެވެ.

މިކަން ސަމާލު ކަަމަށް އައުމާއެކު ފުލުހުން ވަނީ އާއްމުންނަށް އުނދަގޫ ކުރުމުގައި އުޅެމުން ދިޔަ އަހުމަދު ފައިރިޝް ހައްޔަރުކޮށްފަ އެވެ. ނަމަވެސް ސައީދު ހަޅުތާލާއެކު އިނީ ފުލުސް އޮފީސް ދޮށުގަ އެވެ. 

ސައީދު ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ފެށީ ކަށިމާ ހިނގުމާއި ދޫހިމެރި މަގު ބޭނުންކުރާ އާންމުންނަށާއި، އަވަށްޓެރިންނަށް އަދި ހާއްސަކޮށް އޭނާގެ އާއިލާ އަށް ނުހަނު ބޮޑެތި ދަތިތައް އެމީހާ ކުރަން ފެށުމުންނެވެ.

ސައީދު ބަނޑުހައި ހޫނުކަމުގެ ހަޅުތާލަށް ދިޔަ ސަބަބު

  • މަގުން ހިނގާފައިދާ އާންމުންނާ ދިމާލަށް ފައިރިޝް ހަޑިހުތުރު ބަހުން އެއްޗެހި ކިޔައި ހަޅޭއްލެވުން.
  •  މަގުމައްޗަށް ސައިކަލުތައް ވައްޓައި އެހެން ސަރަހައްދުތަކުން ބޯޑުތައް ދަމައި ގެނެސް މަގު ބަންދުކޮށް ޓްރެފިކަށް ހުރަސްއެޅުން.
  •  ސައީދުގެ އާއިލާ ދިރިއުޅޭ ގެއަށް ކުނިއެޅުން އޭނާ މިކަން ދެ ފަހަރެއްގެ މަތިން ވީޑިއޯއަށް ރެކޯޑުކުރެވިފައިވޭ)
  •  ބެލްކަނީގައި ހުރެ މަގުމަތިން ހިނގާފައިދާ މީހުންގެ ގަޔަށް ފެނާއި ތެޔޮ އުކުން
  •  އެއްވެސް އިންޒާރެއް ނެތި ޕްލާސްޓިކް ފުޅިން މީހުންގެ ގައިގައި ތަޅައި، ހަޅޭއްލެވުން.
  •  ދަންވަރު ބާރަ ޖަހާއިރުން ފެށިގެން ފަތިސް ވަންދެން މެދުކެނޑުމެއް ނެތި އަޑުގަދަކޮށް ހަޅޭއްލެވުން.
  •  ގޭގައި ކުއްޔަށް އުޅޭ މީހުން ވަންނަ ވަގުތުތަކުގައި ފަހަތުން ވަގަށް ގޭތެރެއަށް ވަދެގަތުން.

ސައީދު ހަޅުތާޅު ކުރަމުންދިޔަ ސަރަހައްދަށް މިނިސްޓަރ އިހުސާން ވަޑައިގެން ސައީދު އާއި ވަނީ ބައްދަލު ކުރައްވާފަ އެވެ. މި ބައްދަލުކުރުމުގެ ތަފްސީލެއް އަދި ހާމަކޮށްފައި ނުވި ނަމަވެސް އިހުސާން، ސައީދު އާއި ބައްދަލު ކުރައްވާ ފޮޓޯ އެއް ވަނީ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް