މީހެއްގެ އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށް ވުރެ މާބޮޑު: ޚުޠުބާ

މީހެއްގެ އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށް ވުރެ މާބޮޑު ކަމަށް ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
މުސްލިމުންގެ އަބުރާއި ޢިއްޒަތުގެ މައްޗަށް މިއަދު ދެއްވި ޚުޠުބާގައި ވިދާޅުވީ މާތް ﷲ އިންސާނާ މާތްކުރައްވައި މަތިވެރިކުރެއްވި އިރު އިންސާނާގެ ޤަދަރާއި ޢިއްޒަތް ގެއްލިދާ ކޮންމެ ކަމެއް އެކަލާނގެ ނަހީކުރެއްވި ކަމަށާއި އެހެންކަމުން އިންސާނާގެ އަބުރާއި ޢިއްޒަތް ރައްކާތެރިކުރުމަށް އިސްލާމްދީން ވަރަށްބޮޑަށް ބާރުއަޅާ ކަމަށެވެ. އަދި އިސްލާމީ ޝަރީޢަތް ބާވައިލެއްވުމުގެ މައިގަނޑު ފަސް މަޤުޞަދުގެ ތެރެއިން އެއް މަޤުޞަދަކީ ވެސް އަބުރު ރައްކާތެރިކުރުން ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
"ޙައްޖަތުލްވަދާޢުގެ ޚުޠުބާގައި ކީރިތި މާތް ނަބިއްޔާ ޞ.ޢ.ވ. ޙަދީޘްކުރައްވައިފައި ވެއެވެ. )فَإِنَّ دِمَاءَكُمْ وَأَمْوَالَكُمْ وَأَعْرَاضَكُمْ وَأَبْشَارَكُمْ علَيْكُمْ حَرامٌ، كَحُرْمَةِ يَوْمِكُمْ هَـٰذَا، فِيْ شَهْرِكُمْ هَـٰذَا، فِيْ بَلَدِكُمْ هَـٰذَا، أَلَا هَلْ بَلَّغْتُ؟ قُلْنَا: نَعَمْ. قَالَ: اَللَّهُمَّ اشْهَدْ، فَلْيُبَلِّغِ الشَّاهِدُ الْغَائِبَ) މާނައީ: "ހަމަކަށަވަރުން، ތިޔަބައިމީހުންގެ މި ރަށް (މައްކާ)، ތިޔަބައިމީހުންގެ މި މަސް (ޛުލްޙިއްޖާ މަސް)، ތިޔަބައިމީހުންގެ މި ދުވަސް (ޙައްޖު ދުވަސް) ޙުރުމަތްތެރިވެގެންވާ ފަދައިން، ތިޔަބައިމީހުންގެ މައްޗަށް ތިޔަބައިމީހުންގެ ލެޔާއި، މުދަލާއި، އަބުރާއި، ހަށިތައްވަނީ ޙުރުމަތްތެރިކުރެއްވިގެންނެވެ. ދަންނާށެވެ! ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް (މި ކަން) އަންގަވައިފީމުހެއްޔެވެ؟ ތިމަންމެން ދެންނެވީމުއެވެ. އާދޭހެވެ! ޙަދީޘްކުރެއްވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މި ކަމުގެ މައްޗަށް ހެކިވެވޮޑިގެންވާނދޭވެ! ފަހެ، މިތާނގައި ޙާޟިރުވެ ހުރި މީހާ، މިތާނގައި ޙާޟިރުވެ ނެތް މީހާއަށް މި ވާހަކަ ފޯރުކޮށްދޭށެވެ!" ޚުޠުބާގައި ވިދާޅުވިއެވެ.
ޚުޠުބާގައި ވިދާޅުވީ މާތްވެގެންވާ އިސްލާމްދީނުގައި އަބުރު ރައްކާތެރިކުރުމަށް މިހާ ބޮޑު އިސްކަމެއް ދެއްވައިފައިވަނީ، އަބުރު ގެއްލުވައިލުމުގެ ސަބަބުން ނުހަނު ބޮޑެތި ގެއްލުންތަކާއި ފަސާދައަށް މަގުފަހިވާތީ ކަމަށާއި އެއީ ވަކިވަކި ފަރުދުންނަށް ލިބޭ ގެއްލުމުގެ އިތުރަށް، މުޅި މުޖުތަމަޢުގެ އެއްބައިވަންތަކަން ގެއްލި، އިޖުތިމާޢީ ފޭރާން ވީދޭނޭކަމަކަށްވާތީ ކަމަށެވެ.
މީހަކަށް ޖިސްމާނީ ގޮތުން ގެއްލުމެއްދިނުމަކީ، ބޮޑުވެގެންވާ އަނިޔާއެއްކަމާ މެދު އެކަކު ވެސް ޝައްކެއްނުކުރާނެ ކަމަށާއި ނަމަވެސް، ވިސްނައިލާންޖެހޭ ޙަޤީޤަތަކީ، މީހެއްގެ އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށް ވުރެ ވެސް މާބޮޑު ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
"އަބުރު ގެއްލުވައިލުމުން، ދުނިޔޭގައި އޭނާ އުޅޭން ޖެހެނީ އިންތިހާ ދަރަޖައިގެ ވޭނާއި ހިތްދަތިކަމުގައެވެ. އަބުރު ކަތިލެވޭ މީހާއާ މެދު މުޖުތަމަޢު ދެކޭގޮތް ބަދަލުވެ، އެ މީހަކު އެކަހެރިކޮށްލެވެއެވެ. ބޭރުފުށުން އެއްވެސް ޒަޚަމެއް ފެންނާންނެތަސް، އެ މީހާގެ ހިތާއި ނަފުސުގައި އަޅާ ވޭނަކީ ބަޔާންކުރަން ވެސް ދަތި ބޮޑު ވޭނެކެވެ. އަނިޔާއެކެވެ." ޚުޠުބާގައި ވިދާޅުވިއެވެ.
އިސްލާމް ދީނުގައި އިންސާނާގެ އަބުރު ރައްކާތެރިކުރުމަށް ޓަކައި އެތައް ކަމެއް ޝަރުޢުކުރައްވައިފައިވާ ކަމަށާއި އެ ގޮތުން މީހެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވުމަކީ، އެ ކަމުގެ މައްޗަށް ހަތަރު ފިރިހެނުންގެ ހެކިބަސް ނުގެނައި ނަމަ ލަޢުނަތްލެއްވިގެންވާ ބޮޑު ފާފައެއް ކަމަށާއި އެ ތުހުމަތުކޮށް ވާހަކަ ފެތުރި ކޮންމެ މީހެއްގެ ގައިގައި އަށްޑިހަ އެތިފަހަރުން ޙައްދު ޖެހުމަށް ފަހު، އެއީ ފާސިޤުންކަމުގައި ބަލައި ދުވަހަކު ވެސް އެ މީހުންގެ ހެކިބަސް ޤަބޫލު ނުކުރުމަށް މާތް ﷲ އަންގަވާފައިވާ ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
ތިމާގެ އަމިއްލަ ނަފުސުގެ އަބުރާ މެދު ރައްކާތެރިވުމަކީ ވެސް ކުރާންޖެހޭ ކަމެއް ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
އިތުރަށް





.gif.gif&w=828&q=100)