logologologologo
STO
ޚަބަރު

މުދަލަކީ ވަގުތީ ގޮތުން އަހަރެމެންނާ ޙަވާލުކުރެވިފައިވާ އަމާނާތެއް: ޚުޠުބާ

މުދަލަކީ ވަގުތީ ގޮތުން އަހަރެމެންނާ ޙަވާލުކުރެވިފައިވާ އަމާނާތެއް: ޚުޠުބާ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޮކްޓޯބަރު 09

އަހަރެމެންގެ އަތްމަތީގައި ވާ މުދަލަކީ ވަގުތީ ގޮތުން އަހަރެމެންނާ ޙަވާލުކުރެވިފައިވާ އަމާނާތެއް ކަމަށް ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

"މުދަލަކީ މާތް ﷲގެ ޙައްޤެކެވެ." މި ސުރުހީގެދަށުން މިއަދު އިއްވި ޚުޠުބާގައި ވިދާޅުވީ ދުނިޔޭގައި ކޮންމެ އަމާނާތަކާ މެދު ޖަވާބުދާރީވާން ޖެހޭ ފަދައިން، ޤިޔާމަތްދުވަހު މާތް ﷲގެ ޙަޟުރަތުގައި އެ އަމާނާތަކާ މެދު ޖަވާބުދާރީވާން ޖެހޭނެ ކަމަށާއި މުދަލަކީ ހަމައެކަނި ދިރިއުޅުމުގެ ބޭނުންތައް ފުއްދުމަށް ދެއްވައިފައިވާ އެއްޗެއް ނޫންކަމަށެވެ.

މުދަލަކީ އިމްތިޙާނެއްކަން އަންގަވާ މާތްﷲ ވަޙީ ކުރެއްވި ބަސްފުޅެއްގެ މާނާގައިވާ ކަމަށް ޚުޠުބާގައި ވިދާޅުވީ "އަދި ތިޔަބައިމީހުން ދަންނާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މުދާތަކާއި، ތިޔަބައިމީހުންގެ ދަރީންނަކީ، އިމްތިޙާނެކެވެ." މިފަދައިންނެވެ.

"ރަސޫލު ﷲ z ޙަދީޘްކުރައްވައިފައި ވެއެވެ. (لَا تَزُوْلُ قَدَمَا عَبْدٍ يَوْمَ الْقِيَامَةِ، حَتَّى يُسْأَلَ عَنْ عُمُرِهِ فِيْمَ أَفْنَاهُ؟ وَعَنْ عِلْمِهِ فِيْمَ فَعَلَ فِيْهِ؟ وَعَنْ مَالِهِ مِنْ أَيْنَ اِكْتَسَبَهُ؟ وَفِيْمَ أَنْفَقَهُ؟ وَعَنْ جِسْمِهِ فِيْمَ أَبْلَاهُ؟) މާނައީ: "ޤިޔާމަތް ދުވަހު އޭނާގެ ޢުމުރު ހުސްކޮށްލި ގޮތާއި، އޭނާއަށް ލިބިފައިވާ ޢިލްމުގެ ބޭނުން ހިފި ގޮތާއި، އޭނާ މުދާ ހޯދި ގޮތާއި އެ މުދާ ހޭދަކުރި ގޮތާއި، އަދި އޭނާގެ ހަށިގަނޑު ފަނާކުރީ ކޮންކަމެއްކުރުމުގައިތޯ ސުވާލުވެވުމަށް ދާންދެން، އާދަމުގެ ދަރިޔާގެ ދެފައިތިލަ އެ ހުރިތަނުން ގުޑުވައެއް ނުލެވޭނެއެވެ." ޚުޠުބާގައި ވިދާޅުވިއެވެ.

ޙަލާލު މުދަލުގެ ތެރޭގައި، ތެދުވެރިކަމާ އެކު ކުރާ މަސައްކަތުން ލިބޭ އާމްދަނީއާއި، އަދާކުރާ ވަޒީފާއިން ލިބޭ އުޖޫރައާއި، ހުއްދަ ވިޔަފާރީގެ މުޢާމަލާތުތަކުން ލިބޭ އާމްދަނީ ހިމެނޭ ކަމަށާއި ހަމަ އެއާ އެކު، ހެޔޮ ހިތުން ދެވޭ ހަދިޔާއާއި، ޝަރުޢީ ހަމަތަކުގެ މަތީން ލިބޭ ތަރިކަ މުދަލަކީ ވެސް ޙަލާލު މުދަލުގެ ތެރޭގައި ހިމެނޭ ތަކެތިކަން ކަށަވަރު ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

"އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވައިފައިވާ އެއް ކަމަކީ، ޙަރާމް ގޮތުގައި އާމްދަނީ ހޯދުމެވެ. ރިބާކެއުމާއި، ރިޝްވަތާއި، މަކަރާއި ޙީލަތުން މުދާ ހޯދުމާއި، ވައްކަންކުރުމާއި، ޖުވާކުޅުމާއި، ފޭރުމާއި އަމާނާތަށް ޚިޔާނާތްތެރިވުން ފަދަ ކަންކަމުން ފައިސާ ހޯދުމަކީ، ކަނޑައެޅިގެން މާތް ﷲ ޙަރާމްކުރައްވައިފައިވާ ކަންކަމެވެ. މިއީ ހަމައެކަނި މާލީ ގޮތުން ހެދޭ ގޯހެއް ނޫނެވެ. މިއީ، އިލާހީ އަމާނާތަށް ވެވޭ ބޮޑު ޚިޔާނާތެކެވެ." ޚުޠުބާގައި ވިދާޅުވިއެވެ.

މުދަލުގައި މާތް ﷲގެ އެހެން ޙައްޤެއް ލައްވާފައިވާ ކަމަށާއި އެއީ  މުދާ ޠާހިރުކުރުމަށް ޓަކައި އަހަރަކު އެއްފަހަރު ދެއްކުން ވާޖިބުވެގެންވާ ފަރުޟު ޒަކާތް ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

މުދަލަށް އޮންނަ ލޯބި އޭގެ އިމުން ބޭރުވެއްޖެ ނަމަ، އެ މީހެއްގެ ދީން ހަލާކުވެ، އަޚުލާޤު ފަސާދަވެ، ﷲއާ އެ މީހަކާ ދެމެދު އޮންނަ ގުޅުން ކެނޑިދާނެ ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް