ދީނާ ދުރު ފިކުރުތަކުގެ ނުބައިކަމުން ރައްކާތެރިވުމަށް، ޞައްޙަ ޢަޤީދާގައި ސާބިތުވޭ: ޚުޠުބާ

ދީނާ ދުރު ފިކުރުތަކުގެ ނުބައިކަމުން ރައްކާތެރިވުމަށް ޓަކައި، ޞައްޙަ ޢަޤީދާ ރަނގަޅަށް ދެނެގަނެ، އެ ގޮތުގައި ސާބިތުވުމަށް ޚުޠުބާގައި ގޮވާލައްވައިފިއެވެ.
އިސްލާމީ އަޤީދާގެ މުހިންމުކަމުގެ މައްޗަށް މިއަދު ދެއްވި ހުކުރު ޚުޠުބާގައި ވިދާޅުވީ އެންމެ ބޮޑު ނިޢުމަތަކީ، ޞައްޙަ ޢަޤީދާގެ ނިޢުމަތް ކަމަށާއި ޞައްޙަ ޢަޤީދާއަކީ، މުސްލިމެއްގެ ހުރިހައި ޢިބާދާތާއި، ހެޔޮ ޢަމަލާއި، ދުނިޔެއާއި އާޚިރަތުގެ އެންމެހައި ހެޔޮކަމެއްގެ ބިންގާ ކަމަށެވެ.
ޚުޠުބާގައި ވިދާޅުވީ އެންމެންވެސް، ހަމަޖެހުމާއި އުފާވެރިކަމަށް އެދުނު ނަމަވެސް، ޒަމާން ތަރައްޤީވެ، މާއްދީ ފަސޭހަތައް މިއަދު އިތުރުވެފައިވިޔަސް، ނުތަނަވަސްކަމާއި، ހިތާމައާއި، އެކަނިވެރިކަމުގެ ބިރު އިންތިހާއަށް ވަނީ ބޮޑުވެފައި ކަމަށާއި ޙަޤީޤީ ހިތްހަމަޖެހުމާއި، އަމާންކަމާއި، ނަޖާވުން ލިބޭނީ، ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެތިބެގެން ކަމަށެވެ.
އެ ކަން ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވާ ކަމަށް ޚުޠުބާގައި ވިދާޅުވީ "އެއުރެންނަކީ، އީމާންވެތިބެ، އެއުރެންގެ އީމާންކަމުގެ ތެރެއަށް (ޝިރުކުގެ) އަނިޔާވެރިކަމެއް ނުލާ މީހުންނެވެ. އަމާންކަންހުރީ، އެއުރެންނަށެވެ. އަދި އެއުރެންނީ ތެދުމަގު ލިބިގެންވާ މީހުންނެވެ." މިފަދައިންނެވެ.
"ދުނިޔެމަތީގައި އެންމެ ބޮޑެތި އިމްތިޙާނުތަކާއި މުޞީބާތްތަކާ ކުރިމަތިލައްވާން ޖެހިވަޑައިގަތީ މާތް ﷲގެ ރަސޫލުންނާއި ނަބިއްޔުންނަށެވެ. ޚާއްޞަކޮށް، މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدٌ ޞ.ޢ.ވ. އަށް އެތައް ދަތިތަކަކާއި ތަކުލީފުތަކަކާ ކުރިމަތިލައްވާން ޖެހިވަޑައިގަތެވެ. އެކަލޭގެފާނަށް އަނިޔާވެރިކަމާއި ފުރައްސާރައާ ކުރިމަތިލައްވާން ޖެހިވަޑައިގަތެވެ. އެކަލޭގެފާނު އެންމެ ލޯބިފުޅުވާ ބޭފުޅުން ވަކިވެދިޔުމުގެ ހިތާމަ ތަޙައްމަލުކުރެއްވިއެވެ. އަދި ބަނޑުހައިހޫނުކަމާއި ފަޤީރުކަމުގެ ދަތިކަންވެސް ތަޖުރިބާކުރެއްވިއެވެ. އެހެންނަމަވެސް، އެކަލޭގެފާނު ދެމިހުންނެވީ ކެތްތެރިކަމާއެކު މާތް ﷲގެ މިންވަރުފުޅަށް ރުހިވަޑައިގެންވާ ޙާލުގައެވެ." ޚުޠުބާގައި ވިދާޅުވިއެވެ.
ބާއްޖަވެރިކަމާ ފާގަތިކަން ހޯދުމުގެ ނަމުގައި މާއްދިއްޔަތަށް ބަރޯސާވެ، އުޚުރަވީ ޙަޔާތް ވިއްކައިލައި ބޭރުފުށް ރީތިކޮށް ދެއްކުމަށް އަހަރެމެން މަސައްކަތްކުރާ ކަމަށާއި ނަމަވެސް އެތެރެފުށުގެ ޙާލާމެދު ފިކުރު ނުކުރާ ކަމަށާއި ކާމިޔާބީގެ ދަތުރު ފެށޭނީ އެތެރެފުށް އިޞްލާޙުވުމުން ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
އަހަރުމެން ފޯނުގެ ބެޓެރި ހުސްވާން ކައިރިވުމުން، ފޯނު ނިވިދާނެކަމުގެ ބިރަށް ޓަކައި، ޗާޖުކުރުމަށް އަވަސްވެގަންނަ ކަމަށާއި ނަމަވެސް، މާތް ﷲ ދެއްވައިފައިވާ އެންމެ މަތިވެރި ނިޢުމަތް ބީވެގެން ހިނގައިދާނެކަމާ މެދު ވިސްނާ ނުލައި ކަމަށާ އެ ނިޢުމަތަކީ ޞައްޙަ ޢަޤީދާ ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
އިތުރަށް





.gif.gif&w=828&q=100)