logologologologo
STO
ވިޔަފާރި

ފަސް ގައުމަކުން އައި ޓޫރިސްޓުންގެ އަދަދު ލައްއަކަށްވުރެ މައްޗަށް

ފަސް ގައުމަކުން އައި ޓޫރިސްޓުންގެ އަދަދު ލައްއަކަށްވުރެ މައްޗަށް
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 އޮކްޓޯބަރު 14

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ފަސް ގައުމަކުން އަންނަ ޓޫރިސްޓުންގެ އަދަދު އެއް ލައްކައަށްވުރެ އިތުރު ވެއްޖެ އެެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެންމެ ގިނައިން އެއް ގައުމަކުން ޓޫރިސްޓުން އައިސްފައި ވަނީ ޗައިނާ އިންނެވެ. އެ ގައުމުން 315,409 ޓޫރިސްޓުން އައިސްފައިވެ އެވެ. މިހާރު އެ ގައުމުން އަންނަ ޓޫރިސްޓުންގެ 19.3 ޕަސެންޓް ހިއްސާއެއްވެ އެވެ.

އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމު

  •  ޗައިނާ- 315,409 ފަތުރުވެރިން (19.3 އިންސައްތަ )
  •  ރަޝިޔާ -237,883 ފަތުރުވެރިން (14.5 އިންސައްތަ )
  •  އިނގިރޭސިވިލާތް - 123,959 ފަތުރުވެރިން (7.6 އިންސައްތަ )
  •  ޖަރުމަނުވިލާތް - 105,867 ފަތުރުވެރިން (6.5 އިންސައްތަ )
  •  އިޓަލީވިލާތް - 100,619 ފަތުރުވެރިން (6.2 އިންސައްތަ )

މީގެ އިތުރުން، ޓޫރިޒަމް ތަފާސްހިސާބުތަކުން އެނގޭ ގޮތުން އިންޑިއާއިން 94,422 ޓޫރިސްޓުން ޒިޔާރަތްކޮށް، އެ ގައުމު އޮތީ 6 ވަނައިގަ އެވެ. އަދި، އޮސްޓްރޭލިއާ އާއި އެމެރިކާ އަދި ފްރާންސް އަދި ސްޕެއިން އަކީ ގަދަ 10 ގައި ހިމެނޭ އެހެން ގައުމުތަކެވެ.  

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް