ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން ޖީއެސްޓީ ނަގަން އިސްލާހެއް

އޮފްޝޯ ބުކިން ޕްލެޓްފޯމްތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނެގޭ ގޮތަށް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.
މި ބިލު ހުށަހެޅުއްވީ، ވެރިކަންކުރާ ޕީއެންސީގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ދާއޫދެވެ. މި ބިލު އިއްވައި އިބްތިދާއީ ބަހުސް ފަށަން މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި މިހާރު ވަނީ ހިމަނާފަ އެވެ.
މި ބިލުގެ މައިގަނޑު މަގުސަދެއްގެ ގޮތުގައި ބުނެފައިވަނީ، ރާއްޖޭގައި ޑެންސްޓިނޭޝަން ޕްރިންސިޕަލް ފުރިހަމައަށް ތަންފީޒުކުރަން ފެށުން ކަމަށެވެ. އެކަމަށްޓަކައި ރާއްޖޭގައި ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނަގަން ބިލުގައި ހިމަނާފައިވަނީ:
- އޮފްޝޯ ބުކިން ޕްެލެޓްފޯމްތައް
- ފޮރިން ޓުއާ އޮޕަރޭޓަރުން
- އޯވަސީސް ޓްރެވަލް އެޖެންޓުތައް
މީގެ އިތުރުން، މި ނިޒާމު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކޮށް އިތުރަށް ހަރުދަނާކުރުމަށް ވެސް އިސްލާހުތަކެއް ބިލުގައި ހިމަނާފައިވެ އެވެ.
މި އިސްލާހުގައި ރާއްޖޭގައި ވިޔަފާރީގެ ދާއިމީ ތަނެއް ނެތް ފަރާތަކުން ފޯރުވައިދޭ އިންބައުންޑް ޓޫރިޒަމް މުދަލާއި ހިދުމަތުން ޖީއެސްޓީ ނަގަން ފެށުމަށް ހުށަހަޅާފައިވަނީ މި އަހަރުގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
މި އިސްލާހާއެކު އަހަރަކަށް 1.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.
އިސްލާހާއެކު އަހަރަކަށް ލިބޭނެ ކަމަށް އަންދާޒާކުރާ އާމްދަނީ
- އޯވަސީ ޓްރެވަލް އޭޖެންޓުން - 299.3 މިލިއަން ރުފިޔާ
- ފޮރިން ޓުއާ އޮޕަރޭޓާ - 1.3 ބިލިއަން ރުފިޔާ
މި އިސްލާހާ ގުޅޭ ކަންކަން ތަންފީޒު ކުރުމަށް މީރާ އިން ވަން އޮފް ހަރަދުގެ ގޮތުގައި 2.8 މިލިއަން އަދި މުވައްޒަފުންނަށް ރިކަރަންޓް ހަރަދުގެ ގޮތުގައި އަހަރަކު 5.1 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.
އިތުރަށް



.webp&w=3840&q=100)

.gif.gif&w=828&q=100)