ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގާނޫނަށް އިސްލާހުތަކެއް ގެންނަނީ

ރާއްޖެއަށް ޓޫރިސްޓުން ބުކިން ހަދައިދޭ އޯފްޝޯ ޕްލެޓްފޯމްތަކާއި، ބޭރުގެ ޓުއާ އޮޕަރޭޓަރުން އަދި ޓްރެވަލް އެޖެންޓުންގެ އަތުން ޓީޖީއެސްޓީ (TGST) ނަގާ ގޮތަށް ގާނޫނަށް ގެނައި ބަދަލުތަކަށް އިތުރު އިސްލާހުތަކެއް ގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ގައުމީ ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް ބޭއްވި ހާއްސަ ހަފްލާގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ޓެކްސްއާ ބެހޭ ގާނޫނަށް މިދިޔަ މަހު ގެނެވުނު ބަދަލުތަކާއެކު ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ބޭރުގެ ބޮޑެތި ޓުއާ އޮޕަރޭޓަރުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ލިބިފައިވާ ކަމަށެވެ. އެހެންކަމުން، "ޑެސްޓިނޭޝަން ޕްރިންސިޕަލް" ގެ އުސޫލަށް ރިއާޔަތްކޮށް، ޓީޖީއެސްޓީ ގާނޫނަށް ވަރަށް އަވަހަށް މުހިންމު ބަދަލުތަކެއް ގެންނެވުމަށް ސަރުކާރުން މިހާރު ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.
ޓެކްސް ނެގުމުގެ ނިޒާމު ހަރުދަނާކޮށް، ގާނޫނަށް ކުރިން ގެނައި ބަދަލުތަކާއެކު ދައުލަތަށް އަހަރަކު 1.6 ބިލިއަން ރުފިޔާ އިތުރަށް ލިބޭނެ ކަމަށް ލަފާކުރެވުނު ނަމަވެސް، އެ ބަދަލުތަކުގެ ސަބަބުން ޔޫރަޕްގެ ބައެއް ބޮޑެތި ޓުއާ އޮޕަރޭޓަރުން ވަނީ ރާއްޖެއަށް ބުކިން ހެދުން ވަގުތީގޮތުން މެދުކަނޑާލާފައެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ 2040 ވަނަ އަހަރަށް ރާއްޖެއަކީ އެންމެ ތަރައްގީވެފައިވާ ގައުމަކަށް ހެދުމުގެ ތަސައްވުރުގެ ދަށުން، ޓޫރިޒަމް ދާއިރާ އިތުރަށް ސާމިލުކޮށް ފުޅާކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދާއިރާއަށް ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް، މިހާރު އަލުން ފަތުރުވެރިން އަންނަ މިންވަރު އިތުރުވެ ދާއިރާ އިއާދަވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. މިއަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ ފާއިތުވި އަހަރާ އަޅާބަލާއިރު 3.4 އިންސައްތައިގެ ދަށްވުމެކެވެ.
އިތުރަށް





.gif.gif&w=828&q=100)