ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުޙުމަތުގައި 3 ބިދޭސީން ހައްޔަރުކޮށްފި

ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުޙުމަތުގައި 3 ބިދޭސީން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން ބުނީ ދިވެހިރާއްޖޭގައި ޤަވާޢިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މަޢުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މަޢުލޫމާތާ ގުޅިގެން ފުލުހުން ކުރި މަސައްކަތުން، ހުއްދަނެތި އަދި ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ކަމުގެ ތުޙުމަތުގައި ބަންގްލަދޭޝްގެ ތިން ރައްޔިތަކު އިމިގްރޭޝަންގެ ބަންދަށް ގެންގޮސްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އާމިރު ޙުސައިން އާއި އެމްޑީ މީޒާނުއްރަޙްމާން އަދި ސިރާޒް ޚާންއެވެ. އެމީހުން ބަންދުކޮށްފައިވަނީ 2026 އޮކްޓޫބަރު 12 ވަނަ ދުވަހުއެވެ.
މި މައްސަލައިގެ ތަޙުޤީޤު ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރުވެސް ކުރިއަށް ގެންދާއިރު، މި މީހުންނާ މެދު އަޅާނެ ފިޔަވަޅުތައް ނިންމާނީ ތަޙުޤީޤަށް ލިބޭ އިތުރު މަޢުލޫމާތާއި ހޯދުންތަކުގެ މައްޗަށް ބިނާކޮށް ކަމަށް ފުލުހުންގެ އިދާރާއިން ބުންޏެވެ.
އެ އިދާރާއިން ވަނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ޤާނޫނާ ޚިލާފަށް ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ ޢަމަލުތައް ހިންގާ ފަރާތްތަކާބެހޭ މަޢުލޫމާތު، މިފަދަ މައްސަލަތައް ތަޙުޤީޤު ކުރުމަށް އެކުލަވާލާފައިވާ ޓާސްކްފޯސްއާ ހިއްސާކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން، ޓާސްކްފޯސްގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް މެސެޖުކުރައްވަމުން ގެންދިއުމަށް އެދިފައެވެ.
މީގެއިތުރުން މި ނަންބަރަށް އެސްއެމްއެސް، ވައިބަރ އަދި ވަޓްސްއެޕް ފަދަ މެސެޖިން އެޕްލިކޭޝަންތައް މެދުވެރިކޮށްވެސް މައުލޫމާތު ހިއްސާކުރެވޭނެ ކަމަށް އެ އިދާރާއިން ބުންޏެވެ.
އިތުރަށް





.gif.gif&w=828&q=100)