logologologologo
STO
ޚަބަރު

ރާއްޖޭގެ ސަރަހައްދުގައި އުޅުނު ބޭރުގެ 3 މަސްބޯޓް، ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި

ރާއްޖޭގެ ސަރަހައްދުގައި އުޅުނު ބޭރުގެ 3 މަސްބޯޓް، ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޮކްޓޯބަރު 13

ރާއްޖޭގެ ސަރަހައްދުގައި އުޅުނު ބޭރުގެ 3 މަސްބޯޓް، ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ޤައުމީ ދިފާޢީ ބާރު އެމްއެންޑީއެފުން ބުނީ ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ޤާނޫނާޚިލާފަށް ހަރަކާތްތެރިވަމުން ދިޔަ ބޭރުގެ 3 މަސްބޯޓް، އެމްއެންޑީއެފް ކޯސްޓްގާޑް ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މި ބޯޓުތައް ހިފެހެއްޓީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެމްއެންޑީއެފް އެއަރ ކޯރ ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ކަމަށް އެ އިދާރާއިން ބުންޏެވެ.

 މި މަސްބޯޓުތައް އެމްއެންޑީއެފް ކޯސްޓްގާޑް ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އަރިއަތޮޅުގެ ހުޅަނގުން 170 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަމުން ދަނިކޮށް އޮކްޓޫބަރު 12ވަނަ ދުވަހުގެ ރޭ ހިންގުނު އޮޕަރޭޝަނެއްގައި ކަމަށް ޤައުމީ ދިފާޢީ ބާރުން ބުންޏެވެ.

މި ބޯޓުތައް މާލެ ގެނެއުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް