ސިނަމާލޭ ބްރިޖުން ކަނޑަށް ފުންމާލި މީހަކު އެމްއެންޑީއެފުން ސަލާމަތްކޮށްފި

ސިނަމާލޭ ބްރިޖު މަތިން ކަނޑަށް ފުންމާލި މީހަކު ކޯސްޓްގާޑުގެ ޑައިވަރުން ނިކުމެ ސަލާމަތްކޮށްފި ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ހާމަކޮށްފިއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި، މި ހާދިސާގެ ރިޕޯޓު ކޯސްޓްގާޑު މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ ރޭ ދަންވަރު 12:45 ހާއިރުއެވެ. ހާދިސާގެ މައުލޫމާތު ލިބުމާއެކު، މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އެ މީހާ ހޯދުމުގެ މަސައްކަތް ފަށާފައެވެ.
އެމްއެންޑީއެފްގެ ސާޗް އެންޑް ރެސްކިއު ޓީމުން ކުރި މަސައްކަތުން އެ މީހާ ފެނިފައިވަނީ ބްރިޖުގެ ތަނބެއްގައި ހިފަހައްޓައިގެން އޮއްވައެވެ. ކޯސްޓްގާޑުގެ ހާބަރ ކްރާފްޓަށް އެ މީހާ ނެގުމަށްފަހު، އިތުރު މަރުހަލާތައް ކުރިއަށްގެންދިއުމަށްޓަކައި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ހަވާލުކޮށްފައެވެ.
އިތުރަށް





.gif.gif&w=828&q=100)