ހިރިގަލުގެ 5 މިސްކިތެއް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް ހުށަހަޅައިފި

ދިވެހިރާއްޖޭގެ ތާރީޚީ އަދި އާސާރީ ހިރިގަލުގެ ފަސް މިސްކިތެއް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށްޓަކައި ބައިނަލްއަގުވާމީ ޖަމިއްޔާ ޔުނެސްކޯއަށް ހުށަހަޅައިފިކަން ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ހާމަކުރައްވައިފިއެވެ.
ވަޒީރުން އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބާއްވާ "އަހާ ފޯރަމް" ގައި ވާހަކަދައްކަވަމުން ވަޒީރު ހީނާ ވިދާޅުވީ، ރާއްޖޭގެ ހިރިގަލު މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް ކުރެވޭ މަސައްކަތުގައި ރާއްޖެ އޮތީ 13 އަހަރު ދުވަހު ސީރިއަލް ނޮމިނޭޝަނެއްގެ ގޮތުގައި ކަމަށެވެ۔ ނަމަވެސް، މި މަސައްކަތުގެ ނޮމިނޭޝަން ފައިލް މިއަހަރުގެ ޖަނަވަރީ މަހު ޔުނެސްކޯއިން ރަސްމީކޮށް ބަލައިގަނެފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މި މަޝްރޫއުގެ އެންމެ ފަހުގެ ތަފްސީލު ދެއްވަމުން ވަޒީރު ވިދާޅުވީ، މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އިންޓަރނޭޝަނަލް ކައުންސިލް އޮން މޮނިއުމަންޓްސް އެންޑް ސައިޓްސް (އައިކޮމޮސް) އިން އެ މިސްކިތްތަކުގެ އިވެލިއޭޝަން މަސައްކަތް ނިންމާފައިވާ ކަމަށެވެ. އަދި އެ އިވެލިއޭޝަނާ ގުޅިގެން އިސްލާހުކުރަންޖެހޭ ކަންކަން އިސްލާހުކޮށް، މި މަހުގެ ނިޔަލަށް އެންމެ ފަހުގެ ހުށަހެޅުންތައް ފޮނުވޭނެ ކަމަށާއި، ސަރުކާރުގެ އުންމީދަކީ 2027 ވަނަ އަހަރުގެ ފަހުކޮޅު މި މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ރަސްމީކޮށް ހިމެނިގެންދިއުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ހިރިގަލު މިސްކިތްތަކަކީ ދިވެހިންގެ ކާބަފައިންގެ އަމިއްލަ ފަންނުވެރިކަމާއި އިސްލާމީ ކަނޑުދަތުރުފަތުރާއި ވިޔަފާރީގެ ރަންޒަމާނުގެ އިތުރުން އިސްތިއުމާރީ ބާރުތަކާ ދެކޮޅަށް ދިވެހިން ކުރި ޖިހާދު ރަމްޒުކޮށްދޭ ސަގާފީ ބިނާތަކެކެވެ. މިނިސްޓަރ ހީނާ ފާހަގަކުރެއްވި ގޮތުގައި، މި މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓަށް އެރުމުން ރާއްޖޭގައި ސަގާފީ ފަތުރުވެރިކަން (ކަލްޗަރަލް ޓޫރިޒަމް) ފުޅާވެ، ގައުމުގެ އިގްތިސާދަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެއެވެ.
އިތުރަށް





.gif.gif&w=828&q=100)