logologologologo
STO
ޚަބަރު

އައްޑޫގައި ފެށި ވާހަކަދެއްކުމުގެ މުބާރާތާއި ބަހުސް މުބާރާތް، ވަޒީރު ހީނާ ޝަރަފުވެރިކޮށްދެއްވައިފި

އައްޑޫގައި ފެށި ވާހަކަދެއްކުމުގެ މުބާރާތާއި ބަހުސް މުބާރާތް، ވަޒީރު ހީނާ ޝަރަފުވެރިކޮށްދެއްވައިފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޮކްޓޯބަރު 07

ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑަންޓް ޔުނިއަނުން އައްޑޫ ސިޓީގައި މިއަދު ފެށި އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަ ދެއްކުމުގެ މުބާރާތާއި އައްޝައިޚް ޙުސައިން ޝަރަފުއްދީނުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ބަހުސް މުބާރާތް ފެށުމުގެ ރަސްމިއްޔާތު ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

އައްޑޫ ސިޓީ ހިތަދޫގައި މިއަދު ފެށި މި މުބާރާތް، ފެށުމުގެ ރަސްމިއްޔާތުގައި ފަނޑިޔާރުންގެ ފަރާތުން ވާހަކަ ދެއްކެވުމުގެ އިތުރުން ޕެނަލް ޑިސްކަޝަންއެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ރަސްމިއްޔާތުގައި ހީނާ ވަނީ މުބާރާތުގެ ބައިވެރިންނާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

މި މުބާރާތަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަނުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަހާ، ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއާ، އައްޑޫ ސިޓީ ކައުންސިލް އަދި ދިވެހިބަހުގެ އެކެޑަމީއާ ގުޅިގެން އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ ސްކޫލުތަކަށާއި މުއައްސަސާތަކަށް ކުރިއަށް ގެންދާ މުބާރާތެކެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް