އައްޑޫ ސިޓީގައި ބޭއްވި ވާހަކަދެއްކުމުގެ މުބާރާތުގެ ރަން ވަނަތަކެއް އައްޑުއަށް

އައްޑޫ ސިޓީގައި ބޭއްވި ވާހަކަދެއްކުމުގެ މުބާރާތުގެ ރަން ވަނަތަކެއް އައްޑޫ ސްކޫލްތަކުން ހޯދައިފިއެވެ.
މިއީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަނުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަހާ، ފަންނާއި ސަޤާފަތާ ތަރިކަޔާ ބެހޭ ވުޒާރާއާ، އައްޑޫ ސިޓީ ކައުންސިލް އަދި ދިވެހިބަހުގެ އެކެޑަމީ އާއި ގުޅިގެން އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ ސްކޫލްތަކަށް ކުރިއަށް ގެންދިޔަ "އައްޑޫބޮޑު ފަނޑިޔާރު ތަކުރުފާނުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ މުބާރާތެކެވެ.
ވާހަކަދެއްކުމާއި ބަހުސް މުބާރާތް ވެސް ކުރިއަށް ގެންގޮސްފައިވާއިރު، ވާހަކަދެއްކުމުގެ މުބާރާތުން ދަށު ސާނަވީން އެއްވަނަ ހޯދީ ހިތަދޫ ސްކޫލުންނެވެ. ސާނަވީން އެއްވަނަ ހޯދީ ޝަރަފުއްދީން ސްކޫލުންނެވެ. މަތީ ސާނަވީން އެއްވަނަ ހޯދީ އައްޑޫ ހައި ސްކޫލުންނެވެ.
ވާހަކަ ދެއްކުމުގެ މުބާރާތުން ދަށު ސާނަވީން އެންމެ މޮޅު ދަރިވަރަކީ ހިތަދޫ ސްކޫލުގެ ފާތިމަތު ސަބާ ހަސަނެވެ. ސާނަވީން އެންމެ މޮޅު ދަރިވަރަކީ ޝަރަފުއްދީން ސްކޫލުގެ އާއިޝަތު ޙަނީން މުޙައްމަދު ލަތީފެވެ. މަތީ ސާނަވީން އެންމެ މޮޅު ދަރިވަރަކީ ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ އާއިޝަތު ޝައިމާ އަޙްމަދު ނާޡިމެވެ.
ދަރިވަރުންގެ ކިބައިގައި ވާހަކަދެއްކުމާއި ބަހުސްކުރުމުގެ ހުނަރުތައް ތަރައްޤީކުރުމުގެ މަޤްޞަދުގައި، އެމްއެންޔޫއެސްޔޫ އިން ކުރިއަށްގެންދިޔަ މުބާރާތުގައި 14 ސްކޫލަކުން ޖުމްލަ 138 ދަރިވަރުން ބައިވެރިވިއެވެ.
އައްޑޫއާއި ފުވައްމުލައް ސިޓީގެ މުއައްސަސާތަކުގެ މެދުގައި ކުރިއަށް ގެންދިޔަ ބަހުސް މުބާރާތުން އެއްވަނަ ހޯދީ އައްޑޫ ސިޓީ ކައުންސިލެވެ. ފައިނަލް ބަހުސާއި މުބާރާތުން އެންމެ މޮޅު ބަހުސް ކުރުންތެރިޔަކީ އާމިނަތު އަނާ ރަޝީދެވެ. ރަނަރަޕް ބަހުސް ޓީމަކީ އައްޑޫ މީދޫ ކައުންސިލެވެ.
ވާހަކަ ދެއްކުމުގެ މުބާރާތުގެ އިތުރު ވަނަތައް:
ދަށު ސާނަވީން ތިންވަނަ: ޙަސަން ނާއިލް ނަޞީރު – ޝަރަފުއްދީން ސްކޫލް
ސާނަވީން: ތިންވަނަ: އާއިޝަތު ޢީޝަލް – ޝަރަފުއްދީން ސްކޫލް
މަތީ ސާނަވީން ތިންވަނަ: އާމިނަތު ޒީވާ އާމިރު- އައްޑޫ ހައި ސްކޫލް
ދަށު ސާނަވީން ތިންވަނަ ސްކޫލަކީ: ޏ. އޭއީސީ
ސާނަވީން ތިންވަނަ ސްކޫލް: ނޫރާނީ ސްކޫލް
މަތީ ސާނަވީން ތިންވަނަ: ޏ. އޭއީސީ
ދަށު ސާނަވީން ދެވަނަ: މުޙައްމަދު ޒައިން ޒަމީން – ޝަރަފުއްދީން ސްކޫލް
ސާނަވީން ދެވަނަ: ޙަމްނާ ބިންތި މުޙައްމަދު ސިނާން- ޏ. އޭއީސީ
މަތީ ސާނަވީން ދެވަނަ: ވާއިލް އިބްރާހިމް ރަޝީދު މުޙައްމަދު- ސ. އަތޮޅު މަދަރުސާ
ދަށު ސާނަވިން ދެވަނަ ސްކޫލް: ޝަރަފުއްދީން ސްކޫލް
ސާނަވިން ދެވަނަ ސްކޫލް: ޏ. އޭއީސީ
މަތީ ސާނަވީން ދެވަނަ ސްކޫލް: ސ. އަތޮޅު މަދަރުސާ
މި މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް އިއްޔެ އައްޑޫ ސިޓީގައި ބޭއްވި ޙަފްލާ ޝަރަފް ކޮށްދެއްވާފައި ވަނީ ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއެވެ.
އިތުރަށް





.gif.gif&w=828&q=100)