މި ސަރުކާރުން ހިތަދޫގައި ބިނާކުރި ޕޮލިސް އެކޮމޮޑޭޝަން އިމާރާތް ހުޅުވައިފި

މި ސަރުކާރުން އައްޑޫ ސިޓީ ހިތަދޫގައި ބިނާކުރި ޕޮލިސް އެކޮމޮޑޭޝަން އިމާރާތް ހުޅުވައިފިއެވެ.
މި އިމާރާތް ރަސްމީކޮށް ހުޅުވައިދެއްވީ، ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު މުޙައްމަދު، 2026 ސެޕްޓެމްބަރު 7 ވަނަ ދުވަހުއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ ތިން ފަންގިފިލާއަށް އިމާރާތްކޮށްފައިވާ މި އިމާރާތަކީ 40 ފުލުހުންގެ ޖާގައާއި، އޮފީސް ޖާގަތަކާއި، ކޮންފަރެންސް ރޫމަކާއި، ބޭނުންކުރާނެ އާންމު ސަރަހައްދުތަކުގެ އިތުރުން ޒަރޫރީ އެހެނިހެން ވަސީލަތްތައް ހިމެނޭހެން ބިނާކޮށްފައިވާ އިމާރާތެއް ކަމަށެވެ.
މި އައު ފެސިލިޓީގެ ސަބަބުން އައްޑޫ ސިޓީއާއި ދެކުނުގެ ސަރަހައްދުގައި ޚިދުމަތްކުރާ ފުލުހުންގެ އެކޮމޮޑޭޝަނާއި މަސައްކަތުގެ މާހައުލު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.
މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
އިތުރަށް





.gif.gif&w=828&q=100)