އެސްޓީއޯ މެދުވެރިކޮށް އަތޮޅުތަކަށް އަސާސީ ކާބޯތަކެތި ފޯރުކޮށްދޭން ފަށައިފި

އެސްޓީއޯ މެދުވެރިކޮށް އަތޮޅުތަކަށް އަސާސީ ކާބޯތަކެތި ފޯރުކޮށްދޭން ފަށައިފިއެވެ.
މިކަމާއި ގުޅިގެން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ބުނީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، ދުވަހުން ދުވަހަށް ބޭނުންވާ އަސާސީ ބާވަތްތައް މެދުކެނޑުމެއްނެތި، ހެޔޮ އަގުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، އަސާސީ ބާވަތްތަކުގެ ލިސްޓު 26 ބާވަތުން 80 ބާވަތަށް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ ގުޅިގެން، އެސްޓީއޯއިން މިހާރު ވަނީ މި 80 ބާވަތް ރާއްޖެއަށް އެތެރެކުރަން ފަށާފައި ކަމަށެވެ.
އެ ވުޒާރާއިން ބުނީ، މީހުން ދިރިއުޅޭ ހުރިހާ ރަށަކުންވެސް އެސްޓީއޯ އިން ކަނޑައަޅާ ހެޔޮ އަގުތަކެއްގައި މި ބާވަތްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، އަމިއްލަ ވިޔަފާރިތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ވިޔަފާރިއާބެހޭ ވުޒާރާއިން ވަނީ ރާއްޖޭގެ އަތޮޅުތަކުގައި މި ތަކެތި ފޯރުކޮށްދިނުމަށް އެސްޓީއޯ އާއެކު ހަރަކާތްތެރިވާ އޭޖެންޓުންގެ ލިސްޓް އާންމުކޮށްފައެވެ.
އަތޮޅުތަކުގައި އެސްޓީއޯގެ ރޭޓުގައި މުދާ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އެ ކުންފުނިން ސީދާ ރަށްރަށުގައި މުދާ ވިއްކުމުގެ އިތުރުން، ރަށްރަށުގެ އަމިއްލަ ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދާ ފޯރުކޮށްދީ، އެ ފަރާތްތައް މެދުވެރިކޮށް ރައްޔިތުންނަށް މުދާ ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުންނެވެ. މިކަމުގެ ސަބަބުން ރަށްރަށުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ބާރުވެރިވެގެންދާނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
މިހާރު އަލަށް ކަނޑައަޅާފައިވާ އަސާސީ 80 ބާވަތުގެ ތެރޭގައި 20 ބާވަތުގެ މޭވާ، 20 ބާވަތުގެ ތަރުކާރީ، އާންމުކޮށް ގޭބިސީތަކުގައި ބޭނުންކުރާ ކާބޯތަކެތީގެ 37 ބާވަތް، ކާބޯތަކެތި ނޫން އަސާސީ 3 ބާވަތް ހިމެނެއެވެ.
މި އިންތިޒާމާއެކު، ރާއްޖޭގެ ކާނާގެ ރައްކާތެރިކަން އިތުރަށް ވަރުގަދަވެ، ދެމެހެއްޓެނިވި ގޮތެއްގައި އަސާސީ މުދާ ލިބޭނެކަން ކަށަވަރުވެގެންދާނެއެވެ.
މިއީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން ރައްޔިތުންގެ ދިރިއުޅުމަށް އަންނާނެ ހެޔޮ ބަދަލެކެވެ.
އިތުރަށް

.jpg&w=3840&q=100)

.jpg&w=3840&q=100)

.gif.gif&w=828&q=100)